ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 00:15
ރާއްޖޭގެ މީޑިއާގެ ފަރާތްތަކާއިއެކު ބޭއްވިކަމަށް ބުނާ ބައްދަލުވުމުގެ ތެރެއިން
ރާއްޖޭގެ މީޑިއާގެ ފަރާތްތަކާއިއެކު ބޭއްވިކަމަށް ބުނާ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ޕާކިސްތާން - ރާއްޖެ
ޕާކިސްތާނުން ދިވެހި ސަރުކާރާށް ޖެއްސުންކުރަނީތަ؟
 
މިފަރާތްތަކުން ވަނީ ޕާކިސްތާނުން ރާއްޖޭގެ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވިކަމަށް އަޑުއުފުލަން ގޮވާލާފައި
 
ނަމަވެސް ރާއްޖޭގެ ހާލަތު ދެނެގަންނަން ބައްދަލުކުރަނީ އިދިކޮޅު ބޭފުޅުންނާ!
 
އިދިކޮޅާއެކު ވަކި ހާއްސަ ގުޅުމެއް ނުބާއްވާ ކަމަށް ބުނެފައިވޭ

ދިވެހި ސަރުކާރާއި ދެކޮޅަށް މުޒަހާރާކުރާ ގްރޫޕެއްގެ ބަޔަކު ޕާކިސްތާނުގެ ސަރުކާރުގެ ޚަރަދުގައި ޕާކިސްތާނަށް ގެންގޮސް، ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ގޮތުން އެމީހުންގެ ބަސް ފެތުރުމަށް ޕާކިސްތާން ސަރުކާރުން މަސައްކަތް ކުރަމުން އެބަދެއެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޕާކިސްތާނުން ވަންނަމުންދާކަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ މިދަނޑިވަޅުގައި ޔާމީން ސަރުކާރުގައި މަސައްކަތްކުރި، އަދި މިހާރު ޗެނަލް 13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް ހުށަހަޅައިދޭ އަބްދުﷲ މުހައްމަދު، ނުވަތަ މަޝްހޫރު ނަމުން ނަމަ މަދަނީ އަބްދުﷲ އާއި، މީޑިއާގައި މާބޮޑު ދައުރެއް ފެންނަން ނެތް އިތުރު 2 މީހަކު ޕާކިސްތާންގެ ސަރުކާރުގެ ޚަރަދުގައި އެޤައުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މީޑިއާ ވަފުދެއްކަމަށް ބުނެ، ޕާކިސްތާނުގެ ސަރުކާރުން ހިންގާ އިސްލާމް އާބާދު ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓަށް ގެންގޮސް، ޕާކިސްތާން ސަރުކާރުގެ މޫނުމަތި އޮމާންކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ.

މިދެންނެވި އިދާރާ ހިންގުމާއި ހަވާލުވެހުރީ ޕާކިސްތާންގެ އަސްކަރިއްޔާގެ ކުރީގެ ވައިސް އެޑްމިރަލްއެއްކަމަށްވާ ޚާން ހަޝަމް ބިން ސިއްދީގެވެ. އޭނާވަނީ މި ބައްދަލުވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމާއި މެދު ނުރުހުންވެ ވާހަކަތަކެއް ދައްކާފައެވެ. އަދި ރައީސް ޔާމީންގެ ޓީމުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އިންޑިއާއިން އެހީތެރިވެގެންކަމަށާއި، މިމައްސަލައިގެ ތެރެއަށް ޕާކިސްތާނުން ވަނުމަށް އެދޭކަމަށް ބުނެފައެވެ.

މީގެ އިތުރުން އެކިދާއިރާތަކުން ދިވެހިރާއްޖެއާއި ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ރައީސް ޔާމިންގެ ޓީމުން ޕާކިސްތާނުގެ ސަރުކާރުން ހިންގާ މިއިދާރާގައި މަޝްވަރާކުރިކަމަށް އެމީހުން ނެރުނު ނޫސް ބަޔާނެއްގައިވެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދް ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓުން ނެރުނު ބަޔާން
ޕާކިސްތާނުގެ އިސްލާމްއާބާދް ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓުން ނެރުނު ބަޔާން

ޕާކިސްތާނުގެ އެމްބަސީއެއް މާލޭގައި ހުރެ، މާލޭގައި ހިންގާ ރައީސް ޔާމީނަށް ތާއީދުކުރާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މަދަނީ އަބްދުﷲ މެން ފަދަ މީހުން ޕާކިސްތާނަށް ގެންގޮސް، ޖަހާ ސަކަރާތުން ދިވެހި ސަރުކާރަށް ޕާކިސްތާނުން ކުރާ ގަދަރު ކުޑަކޮށްފައިވާކަމަށް ބުނާފަދައެވެ. އަދި ވިޔަފާރިއާއި ތައުލީމާއި ސިއްހީ ދާއިރާފަދަ ދާއިރާތަކުން ދިވެހި ސަރުކާރާއިއެކު ކުރަން ޖެހޭ މަޝްވަރާތައް ނުކޮށް، އިދިކޮޅު ފަރާތްތަކާއިއެކު އެމަޝްވަރާތައް ކުރުމުން، ދިވެހި ސަރުކާރު ބަލައިނުގަންނަން ޕާކިސްތާނުން އުޅޭހެންވެސް ހީވާފަދައެވެ.

މިއީ މީޑިއާގައި އުޅޭ ފަރާތްތަކޭ ބުނެ މިވެރިން ގެންގޮސް ރާއްޖޭގެ ހާލަތު ދެނެގަންނަ ވާހަކަ ދައްކާއިރު، މިބުނާ ފަރާތްތައް ނޫސްވެރިކަމުގައި ހަރަކާތްތެރިވެފައި ހުރި މިންވަރު ކިރިޔާވެސް ލޯހުޅުވުވިފައިވާ ނަމަ އިނގޭނެއެވެ. ސިޔާސީ އެކްޓިވިސްޓުންނަކީ މީޑިއާ ބުނެ ގައުމު ތަމްސީލުކުރާ ވާހަކަ ލިޔުމުން ގޯސްވަނީ އެވާހަކަ ދެއްކި މީހާއެވެ.

ރައީސް ޔާމީންގެ ޓީމުގެ ދަތުރު ހަމަޖައްސާފައިވަނީ ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން، ބްރޯޑްކާސްޓިންގ، ނެޝަނަލް ހިޒްޓްރީ އެންޑް ލިޓްރަރީ ހެރިޓޭޖްގެ ފަރާތުން، ޕާކިސްތާން ސަރުކާރުގެ ޚަރަދުގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޔާމީންގެ ބާރު ކެނޑި، ސަރުކާރުންވެސް ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތަކާއިއެކު ނިކުތްތަނުން، އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ތިބި ގޮތް ނޭނގޭ ބަޔަކާއި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔަކު ޕާކިސްތާން ސަރުކާރުން ބަލައިގަތުމުން، ޕާކިސްތާނުގެ ނިޔަތާއި މެދު ސުވާލު އުފައްދާނެ ޖާގަ އެބައޮތް ނޫންތޯއެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
40%
0%
46%
0%
8%
ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 20:40
އިއްބެ
ކަޅޭމެން ހޭވި ހަޑީގެނަތީޖާ ތި ފެންނަނީ ދެން.............
30 ޑިސެންބަރ 2019 | ހޯމަ 01:33
ބޮއް
ރާއްޖެ އެމްވީ އަކީ އެމްޑީޕީގެ ގޮނޑި ކޮއްކޮ...ވަރަށް މޭ ކަރާނެ.
25 ޑިސެންބަރ 2019 | ބުދަ 13:27
އިސްލާމީ
މީ %100 އިސްލާމީ ގައުމަކަށްވީމަ އެންމެ ފުރަތަމަވެސް އެންމެ ގާތް އަޚްވަންތަ ގުޅުމެއް އޮންނަންވާނީ އިސްލާމީ ގަވްމުތަކާ، މިލާދީނީ ސަރުކާރުގެ ގާތްގުޅުން މިބާއްވަނީ ކާފަރު ގަވްމު ތަކާ، އިސްލާމުންނަށް އަނިޔާކުރާ ގަވްމުތަކާ، ވީމާ އިސްލާމީ ގަވްމު ތަކުންވެސް މިގަވްމާ މިލާދީނީ ސަރުކާރު ތަކާ ގުޅުން ބޭއްވުމުގެ ބަދަލުގަ ގުޅުން ބާއްވާ ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ ނީ އެނޫން މީހުންނާ ދޯ!
24 ޑިސެންބަރ 2019 | އަންގާރަ 10:31
އަންނި
މީގައި ކޮބާ މައްސަލަ އަކީ ޔާމީން ވެރިކަމުގައި އަންނިމެންވެސް ތެޅުނީ ތިޔަހެން! ވަކި ބަޔަކަށް ކުރެވި ފައި އަނެއް ބަޔަކަށް ނުވާންވީ ސަބަބެއް ނެތް! ޖަހާނެ ޚަބަރެއް ނެތިއްޔާ ބަންދު ކޮށްބަލަ!
24 ޑިސެންބަރ 2019 | އަންގާރަ 00:52
އަޙުމަދު ޙަމީދު
މިދަޔަ ވެރިކަމުގަ އިންޑިޔާ އެމްޑީޕީއާ އޮތީ ކޮން ގުޅުމެއް؟ މޮޅުވާހަކަ ނުދައްކާ. އިންޑިޔާގެ މުސްލިމުން ރޯނާ ގަންނަވާއިރުވެސް އަދިވެސް އެމީހުނާތޯ މީޓުކުރަން ވީ