ކ. މާލެ
|
20 މާރޗް 2017 | ހޯމަ 18:42
ވިދްޔާ ބާލަން ފެނިގެންދާ ފިލްމް "ބޭގަމް ޖާން"ގެ ޕޯސްޓަރު
ވިދްޔާ ބާލަން ފެނިގެންދާ ފިލްމް "ބޭގަމް ޖާން"ގެ ޕޯސްޓަރު
ގޫގުލް
ވިދްޔާ ބާލަން
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
 
މިއީ ޕާކިސްތާނާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެއް

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމް "ބޭގަމް ޖާން"ގެ ގިނަ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަށްޓަކައި ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަން ދަސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ވިދްޔާ ބަޑި ހިފައިގެން އުޅޭ މަންޒަރުތައް ފެނިގެންދާނީ އެންމެ ޕްރޯ މީހަކު ފަދައިންނެވެ. މި ފިލްމްގެ އަސްލު އޮރިޖިނަލް ބެންގާލް ފިލްމް "ރާޖްކަހާނީ"ގެ ތަރި ރިތުޕަރްނާ ސެންގުޕްތާ އަށް ވުރެ ފިދްޔާގެ އެކްޓިން މާ ފުރިހަމަވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.   

މިއީ ޕާކިސްތާނާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގައި އުޅޭ އަންހެނުންތަކެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ސްރިޖިޓް މުކެރްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމްގައި ދައްކުވައިދޭ ގެ ހުންނަނީ އެއްފަޅި ޕާކިސްތާނުގައި އަނެއް ފަޅި އިންޑިއާގައެވެ. މި ފިލްމްގައި އެ ގޭގައި އުޅޭ 10 އަންހެނުން ފެނިގެންދާނެއެވެ. އެ މީހުންގެ ލީޑަރުގެ ރޯލުން ފެނިގެންދާނީ ވިދްޔާއެވެ.

މީގެ ކުރިން ވެސް ތަފާތު ރޯލްތަކުން މީހުން ހައިރާންކޮށްލާ ފަދަ މޮޅު އެކްޓިންއެއް ދައްކާފައިވާ ވިދްޔާ ވަނީ މި ފިލްމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ވާހަކަ ދެއްކުމުގެ ސްޓައިލަށް ބަދަލު ގެނައުމާއި ބަޑި ޖަހަން ދަސްކުރުން ހިމެނެއެވެ. މީގެ އިތުރުން ކްލައިމެކްސްގައި ބަޑި ހިފައިގެން އަސް ދުށްވަން ވެސް ޖެހޭ ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް