ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 22:57
ބޯއިންގެ ސީއީއޯ ޑެނިސް މުލެންބަރގް
ބޯއިންގެ ސީއީއޯ ޑެނިސް މުލެންބަރގް
ރޮއިޓަރސް
ބޯއިންގ އެއާލައިން
ބޯއިންގެ ސީއީއޯ މަގާމުން ވަކިކޮށްފި
 
ފްލައިޓްތައް ވެއްޓުނު ހާދިސާ އަށް ފަހު ގިނަ އެއަރލައިންތަކަކުން ވަނީ ފްލައިޓްތައް ގްރައުން ކޮށްފައި
 
ބޯއިންގއާ މެދު ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފައި
 
މަގާމާއި ހަވާލުވެވަޑައިިގަންނަވާނީ ޗެއަރމަން ކަލްހޫން

އެމެރިކާގެ ފްލައިޓް އުފައްދާ ކުންފުނި، ބޯއިންގެ ސީއީއޯ ޑެނިސް މުލެންބަރގް މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެކުންފުންޏަށް, އެންމެ ގިނަ އާމްދަނީ ވައްދައިދޭ 737 މެކްސް މަރުކާގެ ދެ ފްލައިޓެއް ވެއްޓި ބޯއިންއާ މެދު ގެއްލިފައިވާ އިތުބާރު ހޯދުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބޯއިންގެ އައު ސީއީއޯގެ މަގާމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހަވާލުވެވަޑައިގަންނަވާނީ ކުންފުނީގެ ޗެއަރމަން ޑޭވިޑް ކަލްހޫންއެވެ. އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ކުންފުނީގެ ސީއީއޯ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ބޯއިންގގެ ހިދުމަތް ހޯދާ ފަރާތްތަކާއި ކުންފުންޏާއި ދެމެދު ގުޅުން ބަދަހިކުރަން ކުރާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.

އުމުރުން 55 އަހަރުގެ މުލެންބާރގް ދުނިޔޭގެ އެންމެ ވަރުގަދަ އެއިރޮ ސްޕޭސް ކުންފުނީގެ ސީއީއޯ ކަމާއި ހަވާލުވެވަޑައިގެންނެވީ 2015 އަހަރުގެ ޖުލައި މަހުއެވެ. މުލެންބާރގް މީގެ ކުރިން ފުރުއްވަމުން ގެންދެވީ އެ ކުންފުނީގެ ޗެއާމަންގެ މަގާމެވެ.

މި އަހަރު ތެރޭގައި ބޯއިންގ ދެ ފްލައިޓެއްވެއްޓި ހިނގި ހާދިސާ އަށް ފަހު ގިނަ އެއާލައިންތަކަކުން ވަނީ 737 މަރުކާގެ ފްލައިޓްތައް ބޭނުންކުރުން ހުއްޓާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް