ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 22:42
ޗައިނާއާއި ސައުދީއާއި މެދު މަލްޓި މިލިއަން ޑޮލަރުގެ ޓްރޭޑް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވޭ
ޗައިނާއާއި ސައުދީއާއި މެދު މަލްޓި މިލިއަން ޑޮލަރުގެ ޓްރޭޑް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވޭ
ގޫގުލް
އުއިގަރ މުސްލިމުން
އުއިގަރ މުސްލިމުންގެ މައްސަލައިގައި ވަލީއަހުދު ސަލްމާން ނެންގެވީ ޗައިނާގެ ކޮޅު!!
 
ޗައިނާއާއި ސައުދީއާއި މެދު މަލްޓި މިލިއަން ޑޮލަރުގެ ޓްރޭޑް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވޭ
 
ހަރުކަށި ވިސްނުމާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭކަމަށް ޗައިނާގެ ލީޑަރ ޖީ ޖިންޕިން ވިދާޅުވެފައިވޭ
 
ޓެރަރިޒަމްއާއި އެކްސްޓްރީމިޒަމްއާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ޗައިނާގެ ހައްގެއް ކަމަށް ވިދާޅުވެފައިވޭ

އުއިގަރ މުސްލިމުން ކޮންސަންޓްރޭޝަން ކޭމްޕުތަކަށް ލައިގެން ގެންގުޅުމަކީ ޗައިނާގެ ހައްގެއްކަމަށް ވިދާޅުވެ، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޗައިނާގެ އަމަލުތައް ދިފާއު ކުރައްވައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކުރާގޮތުން، ޓެރަރިޒަމްއާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޗައިނާގެ ހައްގެއް ކަމަށް ސައުދީ ވަލީއަހުދު ވަނީ ވިދާޅުވެފައެވެ.

މިހެން މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވަނީ ޗައިނާއާއި ސައުދީއާއި މެދު މަލްޓި-މިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

ޗައިނާގެ ލީޑަރ ޝީ ޖިންޕިން ވިދާޅުވެފައިވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ސައުދީއާއި ޗައިނާއާއި، ދެގައުމު ގުޅިގެން އެކްސްޓްރީމިޒަމް ނުވަތަ ހަރުކަށި ވިސްނުމާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮންސަންޓްރޭޝަން ކޭމްޕުތަކަށް މިހާތަނަށް މިލިއަނެއްހާ އުއިގަރ މުސްލިމުން ލާފައިވާ ކަމަށާއި ކޮންސަންޓްރޭޝަން ކޭމްޕުތަކުގައި "ހަރުކަށި ވިސްނުން" ނައްތާލުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް ބޭރުގެ ޚަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިއީ، އެ ދަރިފަސްކޮޅުގެ މީހުން އިސްލާމް ދީނުން ބޭރުކުރުމަށް ރާވައިގެން ޗައިނާއިން ހިންގާ ހަރަކާތްތަކެއް ކަމަށްވެސް ގިނަ ފަރާތްތަކަކުން ތުހުމަތު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
3%
7%
83%
3%
0%
ކޮމެންޓް
26 ޑިސެންބަރ 2019 | ބުރާސްފަތި 10:59
ޑިމޮކްރަސީ
ސަޢޫދީގެ ޝާޙީ ޢާއިލާއަކީ މުސްލިމުންގެ ލޭބޮއެގެން މުއްސަދިވެފަތިބި ބައެއް އެމީހުން ނޭދޭނެ އަނިޔާ ލިބެމުންދާ އެއްވެސް މުސްލިމަކަށް ރަގަޅުގޮތެއް ދުވަހަކުވެސް. ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ނިކަމެތި ރައްޔިތުންގެ ޙައްޤުގައި އެއްޗެއްބުނިތަ ނުބުނާނެ ސަޢޫދީ ވަލީޢަޙަދޭ ތިކިޔާ މީހާ އާއި އޭނަގެ ޢައިލާ އަކީ މުސްލިމްޤަވްމުތަކުގެ ޢަދުއްވުންގެ އެންމެ ބޮޑުބައިވެރިން.