ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 11:41
އައިސިސް މިހާރު އިރާގުގައި އަންނަނީ ވަރުގަދަވަމުން
އައިސިސް މިހާރު އިރާގުގައި އަންނަނީ ވަރުގަދަވަމުން
އޭއެފްޕީ
އިރާގު
އައިސިސް އިރާގުގައި ވަރުގަދަ ކުރަމުންދަނީ
 
އައިސިސް އުޅެނީ ފަރުބަދަމަތީ ސަރަހައްދުގައި، އިރާގުގެ ސިފައިންނަށް އެމީހުން ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއް
 
ފާއިތުވި ބާރަ މަސްދުވަހުގެ ތެރޭގައި އެމީހުންގެ ފަރާތުން ދޭ ހަމަލާތައް ވަނީ އިތުރުވެފައި
 
ފާއިތުވި ދެ އަހަރު އަލުން ސަފުތައް ރުކުރުވާލާ އައިސިސްގެ މަސައްކަތްތައް ވަނީ ވަރުގަދަ ކޮށްފައި

އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް) އިރާޤުގައި މިހާރު ވަރުގަދަ ވަމުންދާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ކުރުދީ އަދި ހުޅަނގުގެ އިންޓެލިޖެންސް އޮފިސަރުންނާ ޙަވާލާދީ ބީބީސީ ބުނާގޮތުން މީގެ ދެ އަހަރު ކުރިން އިރާޤުގައި އައިސިސް ބަލިވުމަށްފަހު ފާއިތުވި ދެ އަހަރު އަލުން ސަފުތައް ރުކުރުވާލާ އެމީހުންގެ މަސައްކަތްތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. ކުރުދީންގެ އިސް ކައުންޓަރ ޓެރަރިޒަމް އޮފިޝަލެއް ކަމުގައިވާ ލާހޫރު ޠަލަބާނީ ބުނެފައިވަނީ އިރާޤުގައި މިހާރު ޙަރަކާތްތެރިވާ އައިސިސްގެ ލަޝްކަރު އަލްޤައިދާ އަށް ވުރެ ނުރައްކާވެފައި ހަނގުރާމައިގެ އުކަޅުތައްވެސް މާމޮޅަށް ދަނެއެވެ.

އަދި އެމީހުންނަށް ހަނގުރާމައިގެ ހަތިޔާރާއި ކާނާ އާއި އެހެނިހެން ތަކެތި ގަތުމަށް މިހާރު ފައިސާ ލިބިފައިވާ ކަމަށާއި ޓެކްނޮލިޖީގެ ގޮތުންވެސް އެމީހުންވަނީ މާބޮޑަށް ކުރިއަރާފައި ކަމުގައި އޮފިޝަލް ބުނެފައިވެއެވެ. އަދި އެމީހުން އިރާޤުން ފޮހެލުމަކީ އުނދަގޫ ކަމެއްކަމަށްވެސް އޮފިޝަލް ވަނީ ބުނެފައެވެ.

ޠަލަބާނީ އިތުރަށް ބުނެފައިވަނީ ފާއިތުވި ބާރަ މަސްދުވަހުގެ ތެރޭގައި އެމީހުންގެ ފަރާތުން ދޭ ޙަމަލާތައް އިތުރުވެފައިވާ ކަމަށާއި އެމީހުން އަލުން އިރާޤުގައި ޤާއިމުވުމުގެ މަސައްކަތް ނިމިފައިވާކަމަށް ބެލެވޭ ކަމަށެވެ. އިރާޤުން މިހާރު ފެންނަމުންދަނީ މުޅިން ތަފާތު އައިސިސް އެއް ކަމަށްވެސް ޠަލަބާނީ ވަނީ ބުނެފައެވެ. އެގޮތުން ކުރިން އަލްޤައިދާ އުޅުނު ގޮތަށް އެމީހުން އުޅެނީ ފަރުބަދަމަތީ ޞަރަޙައްދުގައި ކަމަށާއި އިރާޤުގެ ސިފައިންނަށް އެމީހުން ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއްކަމަށްވެސް ޠަލަބާނީ ބުންޏެވެ.

ބަޣްދާދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި މީހުން ހައްޔަރުކުރުމުގެ ކަންތައްތަކުން އެންމެ ބޮޑު ފައިދާ އެއް ވާނީވެސް އައިސިސް އަށް ކަމަށް ޠަލަބާނީ ބުންޏެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ކުރުދީން އިރާޤުން ވަކިވުމަށް ނިންމި ނިންމުމާއި ގުޅިގެން އެކަމުގެ ފައިދާވެސް އައިސިސް އަށް ވާކަން ޠަލަބާނީ ފާހަގަ ކުރިއެވެ. އެގޮތުން އުތުރު އިރާޤާއި ކުރުދިސްތާނާ ދޭތެރޭ ޞަރަޙައްދުގައި މިހާރު އެއްވެސް ބައެއް ޙަރަކާތްތެރި ނުވާކަމަށާއި އެކަމުގެ ސަބަބުން އެޞަރަޙައްދުގައި އައިސިސް އަށް ފަސޭހަ ކަމާއެކު ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ޠަލަބާނީ ބުންޏެވެ.

އިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ އައިސިސް އިރާޤުގައި ވަރުގަދަ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެމީހުންނަށް އަދިވެސް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން އިރާޤާއި ކުރުދީ ސިފައިންގެ ފަރާތުން މިފަހަރު އެމީހުންނަށް ޖަވާބު ލިބެމުންދާ ގޮތް ތަފާތު ކަމަށްވެސް އަސްކަރިއްޔާގެ އޮފިޝަލް ވަނީ ބުނެފައެވެ.

އިރާގުގެ ޓާސްކް ފޯސްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ވިލިއަން ސީލީ ބުނީ މިހާރު އިރާޤުގައި ޙަރަކާތްތެރިވާ އައިސިސްގެ ފައުޖުތައް 2014 ވަނަ އަހަރު އިރާޤުގެ ކޮންޓްރޯލް ހޯދި އައިސިސްގެ ފައުޖުތަކަށްވުރެ މާބޮޑަށްވެސް ތަައްޔާރުވެފައިވާ ކަމަށެވެ. މިދިޔަ އޮކްޓޯބަރ މަހުގެ މެދުތެރެއިން ފެށިގެން ނޮވެންބަރ މަހުގެ މެދުތެރެއާ ހަމައަށް އިމްޕޯޓް ސެކިޔުރިޓީން 170 ކުލިއަރަންސް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަންތަކުގައި 1700 ގޮވާތަކެތި އުފައްދެމުން ބޭނުންވާ ބައިތައް ނައްތާލާފައިވާ ކަމަށް ކޮމާންޑަރ ބުންޏެވެ.

ކޮމާންޑަރ ބުނީ އައިސިސް ގެ ފައުޖުތައް ތިބެނީ ފަރުބަދަމަތީ ހޮހޮޅަ ތަކުގައި ފިލާކަމަށާއި އެއަށްފަހު ޙމަލާތައް ދެމުން އަންނަނީ ކަމަށެވެ. ރޭގަނޑު ނިކުމެ ޙަމަލާ ދިނުމަށްފަހު އެމީހުން ހޮހޮޅަތަކުގައި ފިލަނީ ކަމަށްވެސް ކޮމާންޑަރު ބުންޏެވެ. މިހާރު އެމީހުން ފިލައި ތިބެ ޙަމަލާތައް ދެމުން އައިނަމަވެސް މިއީ އިރާޤަށް އަނެއްކާވެސް ކުރިމަތިވަމުން އަންނަ ނުރައްކަލެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
9%
74%
3%
6%
0%
9%
ކޮމެންޓް
23 ޑިސެންބަރ 2019 | ހޯމަ 11:59
ޔުމް
އައި އެސް އެސް ބަލިކަށިވާކަމަކަށް އެމެރިކާ އާއި ކުރުދީން ނުބުނާނެ އެއީ އިރާޤުން އެމެރިކާ ފޭބުމަށް މިހާރު ބޭނުމެއްނޫނެވެ.
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި