ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 07:38
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
މޯދީ
އިންޑިއާގައި ކުރަމުންދާ މުޒާހަރާތަކުގެ އަޑީގައި ތިބީ އިދިކޮޅު: މޯދީ
 
މޯދީ ވަނީ މުޒާހަރާތަކުގެ އަޑީގައި ތިބީ އާންމު އާދުމީ ޕާޓީތަކަށް ތުހުމަތު ކުރައްވާފައި

އިންޑިއާގެ ބައި މަދު މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން މި މަހުގެ ކުރީކޮޅު ފާސްކުރި ރަށްވެހިކަމުގެ ބިލުގެ މައްސަލައިގައި އިންޑިއާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ އަޑީގައި ތިބީ އިދިކޮޅު ފަރާތްތައް ކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީ ޢާންމު އިންތިޚާބު 2020 ގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މޯދީ ވަނީ ނިއުދިއްލީގެ ވެރިކަން ކުރާ އާމް އާދުމީ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަލަށް ފާސްކުރި ރަށްވެހިކަމުގެ ބިލާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުމުގެ ކުރިން މޯދީ ވަނީ ނިއު ދިއްލީއަށް ދިމާވެފައިވާ މައްސަލަތަކާއި، ދަތުރުފަތުރުގެ މައްސަލަ އަދި ސާފު ބޯފެނުގެ މައްސަލައިގައި އާމް އާދުމީ ޕާޓީގެ ބޮލުގައި އަޅުވާފައެވެ.

މޯދީ ވިދާޅުވީ އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ކަންކަން ކުރަމުންދާ ކަމަށާއި، ސޯޝަލް މީޑިއާގައި ފެންނަމުންދާ ވީޑިއޯތަކަކީ ޙަޤީޤާތާއި ޚިލާފު ވީޑިއޯތަކެއް ކަމަށެވެ. މޯދީ ވިދާޅުވީ ރަށްވެހިކަމުގެ ޤާނޫނުގެ ދަށުން އެ ޤައުމުގައި ދިރިއުޅެމުން އަންނަ ރެފިއުޖީންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދީނީ ކަންކަމުގެ ސަބަބުން ޕާކިސްތާނާއި އަފްޣާނިސްތާނާއި ބަންގުލަދޭޝުން އިންޑިއާއަށް ހިޖުރަކުރި މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.

މިއީ އިންޑިއާގެ މުޒާހަރާތަކާއި ގުޅިގެން މޯދީ ޢާންމުތަނެއްގައި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. މުޒާހަރާތަކުގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ މުޒާހަރާތަކާއި ގުޅިގެން ބޮޑެތި ސިޓީތަކުގައި ވަނީ މުޒާހަރާ ކުރުމާއި އެއްވެ އުޅުން ވެސް މަނާކޮށްފައެވެ. އަދި ބައެއް ސިޓީތަކުން މި މަހުގެ ކުރީކޮޅު އިންޓަރނެޓްގެ ޚިދުމަތް ވެސް ވަނީ ކަނޑާލާފައެވެ. އިންޑިއާގެ މުޒާހަރާތަކުގައި މިހާތަނަށް 1500 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
86%
0%
14%
ކޮމެންޓް
24 ޑިސެންބަރ 2019 | އަންގާރަ 17:10
ހުސެން ސޮބާހު
މުސްކިމުން މަރާ ކުދިކުރާއިރު މި ހުދުމުހުތާރު ވެރިޔާ ދައްކާ ވާހަކަ އަހަރެމެން ގަބޫލުކުރާނެ ކަމަށް އުންމީދުކޮށް މިހަބަރު ލިޔުން ކުއްޖާ ތިހެދީ ވަރަށް ބޮޑު ގޯހެއް.. ﷲ ގެ ހަޒުރަތުގައި ތި ކުރާ އަމަލުތަކަށް ޖަވާބުދާރީ ވާންޖެހިދާނެ ދުވަހަށް ބިރުވެތިވޭ.. ﷲ ގެ މި ވަޙީ ބަސްފުޅާމެދު ވިސްނާލާށެވެ.7_ Al-Buruj 85:4 ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ.(4) (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.(5). އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ(6). مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ(7)... މީ ވަޅުގަނޑުތަކުގެ އަހުލުވެރިންގެ ވާހަކައެވެ. މުސްލިމުންތައް ދިރިތިއްބަ އަންދާލަން އަލިފާން ރޯކުރެވިފަވާ ވަޅުގަނޑުތަކަކަށް އެއްލާލެވުނުއިރުވސް ބަލަން ހުރީ.. .. ﷲ އަށް ބިރުވެތިވާށެވެ.