ކ. މާލެ
|
20 މާރޗް 2017 | ހޯމަ 16:55
ޖޭލޯއާ އެލެކްސް ރޮޑްރިގެޒް ޔޭންކީސް އާއި އޮރިއަލްސްގެ މެޗް ބަލަން ދަނިކޮށް
ޖޭލޯއާ އެލެކްސް ރޮޑްރިގެޒް ޔޭންކީސް އާއި އޮރިއަލްސްގެ މެޗް ބަލަން ދަނިކޮށް
ގޫގުލް
ހޮލީވުޑް
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟
 
ޑްރޭކް ހޮނިހިރު ދުވަހު ނެރުނު ލަވައެއްގައި ޖޭލޯގެ ވާހަކަ ދައްކާފައިވޭ
 
ޖޭލޯއާއި ރޮޑްރިގެޒް ދަނީ މަޔާމީގައި އެކުގައި ވަގުތު ހޭދަކުރަމުން

މަޝްހޫރު ލަވަކިޔުންތެރިޔާ، ޖެނިފަރ ލޮޕެޒް (ޖޭލޯ)އާ ރެޕް އާޓިސްޓް، ޑްރޭކްގެ ލޯބީގެ ވާހަކަ ފެތުރުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ އާއި ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒްއާ އެކު ފެންނަން ފަށައިފިއެވެ.

ނިއު ޔޯކް ޔޭންކީސްއަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ރޮޑްރިގޭޒް މިހާރު ބޭސްބޯލް ކުޅުމުން ރިޓަޔަރކޮށްފައިވާއިރު، އޭނާ މިހާރު ދަނީ އެޓީމަށް އެކި ގޮތް ގޮތުން އެހީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން ޔޭންކީސް ބަލްޓިމޯ އޮރިއަލްސްއާ ހޮނiހިރު ދުވަހު މެޗްގައި ހިތްވަރު ދިނުމަށް ރޮޑްރިގެޒް ގޮސްފައިވާއިރު، އެކުގައި ޖޭލޯ ވެސް ވަނީ ގޮސްފައެވެ.

ޖޭލޯ، 47، އާއި ރޮޑްރިގޭޒް، 41، އެކުގައި އުޅޭކަން އީނިއުސް އިން ވަނީ ކަށަވަރުކޮށްފައެވެ.

ޔޭންކީސް އާއި އޮރިއަލްސްގެ މެޗް ފްލޮރިޑާގެ މަޔާމީގައި ކުރިއަށްދާއިރު، ދެ މީހުން ގިނަ ވަގުތު ހޭދަކޮށްފައިވަނީ އެތަނުގައެވެ.

ޖޭލޯ އާއި ރޮޑްރިގޭޒްހެ ގުޅުން ކުރިއަށްދާއިރު، ޑްރޭކް އާދިއްތަ ދުވަހު ރިލީޒް ކުރި ލަަވައެއްގައި ޖޭލޯގެ ނަން ބޭނުންކޮށްފައި ވެއެވެ.

އުމުރުން 30 އަހަރުގެ ޑްރޭކްގެ އާ އަލްބަމްގެ ލަވައެއް ކަމަށްވާ "ފްރީ ސްމޯކް"ގެ ލިރިކްސްގައި ވާގޮތުން "އަދިވެސް މަސްތުގެ ހާލުގައި ޖޭލޯއަށް ގުޅަން/ ކުރީގެ ނަމްބަރެއް ވުމުން ކޯލް ބައުސްވޭ" މިހެނެވެ.

ޖޭލޯ އާއި ޑްރޭކްގެ ގުޅުމާ މެދު އަޑު ފެތުރިފައިވާ އިރު، ޖޭލޯވެސް ވަނީ ދެ މީހުންނަކީ ގާތް އެކުވެރިންކަމާއި، އެކުގައި ލަވައެއް ތައްޔާރު ކުރިކަމަށް ބުނެފައެވެ. އެހެންނަމަވެސް، ޑްރޭކްގެ ފްރީ ސްމޯކް ލަވައިން ދޭހަވާ ގޮތުގައި. ދެ މީހުން ގުޅުން ގޯސްވެ، އެކަކު އަނެކަކު ނަމްބަރެއް ވެސް މިހާރު ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް