ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 01:05
އިންޑިއާގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން
އިންޑިއާގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން
އަލްޖަޒީރާ
އިންޑިއާގެ މުޒާހަރާތައް
އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟
 
މިހާރު އޮތް ސަރުކާރުގެ ތެރެއިން މުސްލިމުންނަށް އޮތް ފުރުސަތުތައް ވަނީ ހަނިކުރެވިފައި
 
މި ގާނޫނުގެ ދަށުން އިންޑިއާގެ އެއްވެސް މުސްލިމެއްގެ ރަށްވެހިކަން ނުގެއްލޭނެ
 
މިއީ ހިންދޫ ނެޝަނަލިސްޓް ފިކުރުގެ ބީޖޭޕީއިން އަހަރުތަކެއް ވަންދެން ކުރަން ނިންމާފައި އޮތްކަމެއް

އަވަށްޓެރި އިންޑިއާގައި ފާސްކުރި ގާނޫނަކާއި ގުޅިގެން އެގައުމުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭ ވާހަކަ މީޑިއާގައި މިހާރު ވަނީ ފަލަސުރުޚީއަށް އަރާފައެވެ. އިންޑިއާގައި ހިނގައިގެން އުޅޭ ސިޔާސީ މައްސަލައެއް، އެއީ ދީނީ މައްސަލައެއްކަމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދެކޭކަން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ބައެއް ވާހަކަތަކަށް ބަލާލުމުން އެނގިގެން ދެއެވެ.

އެހެންނަމަވެސް ހިނގައިގެން މިއުޅެނީ ކޮންކަމެއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އިންޑިއާގައި ފާސްކޮށްގެން އުޅޭ 'ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް'ގައި އަސްލު އޮތީ ކޯއްޗެއްތޯ ބަލާލަމާހެއްޔެވެ؟ އިންޑިއާގެ ރައްވެހިކަމާއި ބެހޭ ޤާނޫނު ނުވަތަ ސިޓިޒަންޝިޕް އެކްޓަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ފެށި، އެވާހަކަ 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ދެކެވެމުންނެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާއާއި، މަތިގެ ރާޖަސަބާގެ މެމްބަރުންގެ މައްޗަށް އެކުލެވޭ 30 މެމްބަރުންގެ ޓީމަކުން އެގާނޫނު އިސްލާހުކުރުމަށް ބިލެއް ޑްރާފްޓްކުރިފަހުން އެތައް ދުވަހެއް ވަނީ ވެފައެވެ.

ރަށްވެހިކަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ އިންޑިއާގެ އަވަށްޓެރި، އިސްލާމީ 3 ގައުމުކަމަށްވާ އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫ، ސިކް، ބުޑިސްޓް، ޖައިން، ޕާރްސީ އަދި ނަޞާރާ ދީނުގެ މީހުންގެ ތެރެއިން ތަފާތު އެކި ސަބަބުތަކާއި ހުރެ 2014ގެ ނިޔަލަށް އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ދިނުމަށެވެ.

މި މީހުންނަށް ރަށްވެހިކަން ދިނުމުގައި އެމީހުން އިންޑިއާގައި ތިބީ ރަށްވެހިކަން ލިބޭނެ މިންގަނޑުތަކަށް ފެތިގެންތޯ އިންޑިއާ ސަރުކާރުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. މި ގާނޫނުގެ ދަށުން އިންޑިއާގެ އެއްވެސް މުސްލިމަކަށް ނުވަތަ އެހެން ދީނެއްގެ މީހަކަށްވެސް އެމީހެއްގެ ރަށްވެހިކަމެއް ނުގެއްލޭނެއެވެ. އަދި އިންޑިއާގެ ރަށްވެހިކަމަށް އެދި ގާނޫނުތަކުގެ ތެރެއިން ހުށަހަޅަން އޮންނަ އާއްމު މިންގަނޑުތަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މިގާނޫނު ހިންގާ އިންޑިއާއިން މިމައްސަލަ ދެކެނީ ދީނީ މައްސަލައަކަށްވުރެ ސިޔާސީ މައްސަލައެއްގެ ގޮތުގައެވެ. މިނިންމުމާއި ދެކޮޅަށް މުޒާހަރާކުރަނީ އިންޑިއާގެ މުސްލިމުން އެކަންޏެއް ނޫނެވެ. މި ނިންމުމާއި ދެކޮޅަށް ނަސާރާއިންނާއި ހިންދޫންނާއި އެހެން ދީންތަކުގެ މީހުންވެސް މުޒާހަރާކުރެއެވެ. ސަބަބަކީ މިއީ ސިޔާސީ މައްސަލައަކަށް ވުމެވެ.

މިގާނޫނުގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ އެއްވެސް މުސްލިމެއްގެ ރަށްވެހިކަމަކަށް ބަދަލެއް ނާންނާނެއެވެ. އެހެންކަމުން މިއީ މުސްލިމުން އިންޑިއާއިން ނެރެން ކުރާ މަސައްކަތެއްކަމަށް ބުނެ ދައްކާ ވާހަކަތައް ފެންނަނީ އިންޑިއާގައި ނަސްލީ ހަމަނުޖެހުން އުފައްދަން ބަޔަކު ދައްކާ ވާހަކަތަކެއްގެ ގޮތުގައެވެ. އޭގެ އަވައިގައި އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖްތަމައުގެ ބައެއް މީހުންވެސް ޖެހޭތަން ފެންނަކަން ފާހަގަކުރަން ޖެހެނީ ހިތާމަޔާއެކުގައެވެ.

މީގެ ކުރިންވެސް އެކި ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި އިންޑިއާއަށް ހިޖުރަކުރާ ފަރާތްތަކަށް އެގައުމުން ރަށްވެހިކަން ދީފައިވެއެވެ. އެގޮތުން އިސްލާމީ ވެރިކަމެއް ޕާކިސްތާނުގައި ގާއިމްވުމުން، އެގައުމު ދޫކޮށް ހިންދޫންގެ ބައިބޯ އިންޑިއާއަށް ހިޖުރަކުރި މީހުންނަށް އިންޑިއާއިން ރަށްވެހިކަން ދިނެވެ. އެއީ އިންޑިއާ ދޫކޮށް ޕާކިސްތާނަށް ހިޖުރަކުރި މީހުންނަށް ޕާކިސްތާނުން ރަށްވެހިކަން ދިން ފަދައިންނެވެ. ލަންކާއިން އިންޑިއާއަށް ހިޖުރަކުރި އެތައް ލައްކަ ތަމަޅައިންނަށް 1964 އިން 2008 އަކާއި ދެމެދު އިންޑިއާއިން އެގައުމުގެ ރަށްވެހިކަން ދިނެވެ. 1962 އިން 1978 އަކަށް ބަރުމާގެ އެތައް ރައްޔިތުންނަކަށް އިންޑިއާގެ ރަށްވެހިކަން ދިނެވެ.

ކޮންމެ ގައުމެއްގައިވެސް ސިޔާސީ މައްސަލަތައް ހިނގާނެއެވެ. އެކަން ހައްލު ކުރާނީ އެބަޔަކު އަމިއްލައަށެވެ. އިންޑިއާގެ ނިންމުމަށް ފާޑުކީ ބައެއް ފަރާތްތަކަކީ، މިގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންޑިއާގެ ރަށްވެހިކަން ދިން 6 ދީނުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ނުދީގެން މީގެ ކުރިން ފާޑުކީ ބައެއް ފަރާތްތަކެވެ. އެގައުމެއްގައި ދިރިއުޅޭ ރެފިއުޖީންނަށް ނުވަތަ ވަޒަނެއް ނެތް މީހުންނަށް ރަށްވެހިކަން ދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ މުއާހަދާތައް ބާރުއަޅާ ކަމެކެވެ.

ކޮންމެއަކަސް 'ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް' ގެ ތެރެއިން މިހާރު އިންޑިއާގެ ރަށްވެހިކަން ލިބިފައިވާ އެއްވެސް މުސްލިމެއްގެ ރައްޔިތުކަން ގެއްލޭނެކަމަށް ހީކުރުމަކީ ކުށް ހީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
9%
1%
81%
3%
2%
ކޮމެންޓް
28 ޑިސެންބަރ 2019 | ހޮނިހިރު 08:23
އަޒީ
ލާދީނީ ލިޔުމެއް
24 ޑިސެންބަރ 2019 | އަންގާރަ 16:20
ޢެކްސް އޯ
ބަލަގަ އަހަރުމެނަށް މިކަމުގަ ހުރި ކަންކަން ފަހުމް ވެފަ އޭ މިތިބީ. 2014 ގެ ފަހުން ހިޖުރަކުރި މުސްލިމުންނަށް ރަ އްވެހިކަން ނުލިބުމީ ސީދާ ދީނީ މަ އްސަލަ އެއ އް! މޮޔަތަކުރުފާނު އަންނިގެ ހެ އްލުމަށް ތިޔަ ލި އުން ތި އަ އީ ރާ އްޖެ ޓީވީން ރާ އްޖެ އެމްވީ ގެ ނިމުން.
24 ޑިސެންބަރ 2019 | އަންގާރަ 14:09
ޢަލީ19
ތިޔަ ފަދަ ދޮޅުގަމާރުން ނުލިޔެ ތިބުން ރަނގަޅު ވާނީ.
24 ޑިސެންބަރ 2019 | އަންގާރަ 08:14
އަލިފުޅު
އިންޑިޔާގެ ބީޖޭޕީ އަކީ ހިންދޫ ނެށިނަލިސްޓު ފިކުރުގެ ސެކިއުލަރިޒަމާ ދެކޮޅު ޕާޓީއެއް. އިންޑިޔާގެ ބީޖޭޕީ ނިސްބަތްވާ ހިންދުތްވާ އިން ދީން ބަދަލުކުރުން މަނާ ކުރުމަށްވެސް އެއްއިރަކު ގޮވާލި. މިއަދު އިންޑިޔާއިން މި ފާސްކުރީ ނިންމިނިންމުމަކީ ރިލިޖަސް ޕާސެކިއުށަން އިން ކައިރި ގައުމުތަކުގެ މައިނޮރިޓީއަށް ސިޓިޒަންށިޕަށް އެދެވޭ ގޮތަށް. މިކަން ޕާކިސްތާނު ބަންގުލަދޭށް ފަދަ ގައުމުތަކުގައިވެސް އޮންނަނީ މުސްލިމުންނަށް އިސްކަންދޭގޮތަށް. އެގޮތަށް އިންޑިޔާއިން ކުރިން އޮތް ސެކިއުލާ އުސޫލުތައް ބަދަލު ކުރާތީ ސެކިއުލާ ޕާޓީތަކާއެކު މުސްލިމުން ސެކިއުލަރިޒަމަށް ތާއިދުކޮށް ސެކިއުލާ ގާނޫނުތަކަށް ރުޖޫއަ ވާން ގޮވާލުމީ ހައިރާން ވާން ޖެހޭ ކަމެއް. އެހެނީ ސެކިއުލަރިޒަމް ހާ ނުބައި އެއްޗެއް ނެތް ކަމަށް މުސްލިމް މެޖޯރިޓީ ލިބުމުން ބުނާތީ.ޕާކިސްތާނު ފަދަ ގައުމު ތަކުގަ ސެކިއުލަރިޒަމް ހާ ގޯސް އެއްޗެއް ނެތޭ ބުނެފަ މައިނޯރިޓީގަ އޮންނަ ހާ ހިންދަކު އެއަށް ތާއީދު ކޮށް އޭގެ ބޭނުން ހިފާ ދީން ފަތުރާ މެޖޮރިޓީވުމުން އެހާ ނުލަފާ އެއްޗަކަމަށް ދެއްކުމުން ގިނަ ސުވާލުތަކެއް އުފެދިދާނެ. އަހުރެންވެސް ސެކިއުލާ ލާދިނިއްޔަތާ ދެކޮޅު. ނަމަވެސް އެއަށް ރައްދުދޭ ތިލަ ގޮތް ކަމަކު ނުދޭ.
24 ޑިސެންބަރ 2019 | އަންގާރަ 00:16
ޢަލިބެ
ލިޔުމުގަ އެއްބަި މަދެވެ.
23 ޑިސެންބަރ 2019 | ހޯމަ 23:58
ދޮންއަލިފުޅު.
ރާއްޖެ އެމް.ވީގަެި މިފަދަ ލިޔުމެއް ޖަހާފާނެކަމަށް ހިޔެެއް ނުކުރަން. މިކަމުގެ މަޢްލޫމާތު ރަނގަޅަށް ހޯދާ. ޢިންޑިއާއަކީ ސެކިއުލާ ޤާނޫން އަސާސީ އެެއް އޮންނަ ޤައުމެއް. މާނައަކީ ރައްވެހިކަން ދިނުމުގައިވެސް ވަކި ދީނަކަށް ނަސްލަކަށް ބެލިގެން ނުވާނެ. މުސްލިމުން ނޫނަސް އެހެން ދީންތަކުގެ މީހުން އަދި ބީޖޭޕީގެ ވެސް އާންމު މެމްބަރުންގެ ގިނަބަޔަކު މި ޙަޤީގަތް ގަބޫލްކުރޭ. އަދި މުޅި ދުނިޔެ އެކަން ކުއްވެރި ކުރަމުން ދަނީ ބައިނަލް އަޤްވާމީ ޤާނޫންތަކާވެސް މިކަން ޚިލާފުވާތީ. މީހަކު ބުނާބުނުމަށް ލިޔަންޏާ ލިޔުމުގެ ފެންވަރު ދާނީ ދަށްވަމުން.
23 ޑިސެންބަރ 2019 | ހޯމަ 23:04
ޙާސިމް
މާ މާތްވެގެން މިއުޅެނީ ދިވެހިރާއްޖޭގައި ތިޔަ ނޫހުން ކިހާ ޖަރީމާއެއް ހިންގި. ލަދުކޮބާ....
23 ޑިސެންބަރ 2019 | ހޯމަ 16:31
މޯދީޖީ
ކަލޯގަޔާ އަހަރރންނަމަ ތިވަރުގެ ތްނެއްގަ ވަޒީފާޢަފައެް ނުކުރާނަން. އިންޑިއާ ރުއްސަން ސަރުކާރުގެ ނޫސް ލިޔާއިރު މިސޮރަށް ނޭންގޭތަ މި ވާނުވާ. އަވަހަށް ނޫސްވެރިކަން ނޫން ކަމެއް ދަސްކުރޭ. ފިޓެއްނީން ނޫސްވެރިކަމކަށް
23 ޑިސެންބަރ 2019 | ހޯމަ 15:17
މީހަކު
ނޫސްވެރިކަމުގެ ޒިންމާއަކީ މީހަކު ބުނާ އެއްޗެއް ލިޔުމެއް ނޫން. މި ލިޔުމުގައި ބުނެފައިވާގޮތަށް ހިންދޫ، ސިކް، ބުޑިސްޓް، ޖައިން، ޕާރްސީ އަދި ނަޞާރާ ދީނުގެ މީހުންނަށް މިޤާނޫނުގެދަށުން ރަށްވެހިކަންދޭއިރު މުސްލިމުންނަށް ރަށްވެހިކަން ނުލިބޭކަން އެނގޭތޯ؟ އަދި މިދައްކަނީ އެބައަކު އިންޑިއާއަށް އުފަންވެ އިންޑިއާއަށް ޚިދުމަތްކޮށް ފެށުނީއްސުރެން އިންޑިއާގައި އުޅޭ މީހުންކަން އެނގޭތޯ؟ އަދި ރަށްވެހިކަން މިލިބެނީ ހަމަ މިގޮތަށް ނުވަތަ މިއަށްވުރެން ކުޑަ މުއްދަތެއްގައި އުޅެފައިވާ މުސްލިމުން ނޫން އެހެން އެންމެނަށްކަން އެނގޭތޯ؟
23 ޑިސެންބަރ 2019 | ހޯމަ 13:42
ގަންޖާ
ތީ ސީދާ ލާދީނީ ޚަބަރެއް!
23 ޑިސެންބަރ 2019 | ހޯމަ 13:41
އއއއރ
ނަޞީރު އަށް ނޭންގޭ ކަމަކީ 1970 ގެ އަހަރުތަކުންފެށިގެން އިންޑިޔާއަށް ހިޖުރަކޮށްގެން ރައްވެހިކަން ހޯދައިގެން އުޅުނު އެތައް މުސްލިމެއްގެ ރައްވެހިކަންތިޤޤނޫނުގެ ނިވަލުގައި ނަގާލިކަން. 30 އަހރު އިންޑިޔޤގެ އާރމީ އަށް ޚިދުމަތްކޮށްޕްރެސިޑެންޓަގެ މެޑްލް ހޯދާފައި ހުރި މުސްލިމަކުވެސް ތިޔަޤާނޫނުގެ ދަށުން އިލީގަލް ރެފިޔުޖީއަކަށް ހަދާ ޑިޓެންޝަން ކޭމްޕަށް ލީ އިހައްދުވަހު. އަމިއްލަ ޚިޔާލަށް ލިޔަން ފެށުމުގެ ކުރީގައި ޙްޤީޤަތް ބަލާލުން ބުއްދިވެރި!!
23 ޑިސެންބަރ 2019 | ހޯމަ 10:18
ޙުސްނޫނު
ދެން އެއްޗެއް ލިޔެލީ ކުދަކުދިންގެ ބޯކާލަން. މައްސަލައަކީ ހިޖުރަ ކުރެވޭ ލިސްޓްގަ އިސްލާމުން ނެތީމަ. މައުލޫ އޮޅުވާލަން މަސައްކަތް ނުކުރައްވާ
23 ޑިސެންބަރ 2019 | ހޯމަ 09:32
ހަސަންކޮއި
ލިޔުންތެރިޔާއަށް! ރަނގަޅު ނިޔަތުގައި ލިޔެފައިވާ ލިޔުމެއް. ނަމަވެސް، ލިޔުމުގައި ތިޔަބުނާ ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް ކިޔާލިންތޯ؟ އޭގެ ސަބަބުން ނިކުމެދާނެ ނުބައި ނަތީޖާ ފަހުމްވިބާ؟ ބައިބޯ މީހުން ނިކުމެ މުޒާހަރާކުރާނީ ނުބައި ނަތީޖާ ފާހަގަވީމަ. މުޒާހަރާ ކުރަނީ ކީއްވެކަން މި ލިޔުމުން ބުނެ ނުދެވުނުކަން ފާހަގަކުރަން. އެ އެކްޓުގެ ސަބަބުން މުސްލިމުންނަށް ދިރިއުޅެވޭނެ މަގު ހަނިކޮށްފައިވޭ!! މިއީ ސިޔާސީ ކަމެއްކަން ކަށަވަރު. ދީނީ ކަމަކަށް ހަދައިގެން ނުވާނެ. ހަމަ ހަމަކަން ޤާއިމް ކުރެވެންވާނެ.
23 ޑިސެންބަރ 2019 | ހޯމަ 08:35
ހައްވަ
މީގެދަށުން އިންޑިޔާއަށް ހިޖުރަކުރާ މުސްލިމު މީހާއަށް ވާގޮތް ބުނެލަދީބަލަ؟ އެމްޑީޕީގެ ސިޔާސަތުގެ ދަށުން އިންޑިޔާ ހިމާޔަތްކުރަން ތިއުޅެނީ. ހަގީގަތަކީ މީ އިންޑިޔާއިން މުސްލިމުން ނައްތާލަން ކުރިކަމެއް.
23 ޑިސެންބަރ 2019 | ހޯމަ 07:34
ރަޝީދު
ޙަލީމް ކާރިން އަހާލާހިތްވަނީ އިންޑިއާއިން ރަށްވެހިކަން ދިނުމާއި ގުޅޭގޮތުން އިންޑިއާގެ ޤާނޫނު އަސާސީގައި ބުނެ ފައިވަނީ ކީކޭތޯއެވެ؟، އަދި މިހާރު މި ފާސްކުރި ޤާނޫނުގައި އިންޑިއާއަށް ހިޖުރަކުރާ މުސްލިމުންގެ ވާހަަކަނެތީ ކީއްވެތޯ؟ 14 ވިލޭރޭގެ ހަނދު ދައްކާ ފައި އެއީ ދުވާލުގެ އިރޭ ބަޔަކު ބުންޏަކަސް އެއަކުން އިރުގެ ހޫނުކަމެއް ނުލިބޭނެއެވެ.
23 ޑިސެންބަރ 2019 | ހޯމަ 06:00
ޢަބުދުއްރައޫ ފް
ޜާއްޖެ އެމްވީ އިން ބޮޑަތި މަޒުމޫން ތައް ލިޔެގެން ހަގީގަތާއި ޚިލާ ފް މައުލޫމާތު ޝާއިއު ކުރާއިރު ބީޖޭޕީ ވެރިކަމަށް އައި އިރުވެސް ވެ ފައިވާ ވައުދެއް މުޅި އިންޑިއާ އިން މުސްލިމުން ނައްތާލުން... ކޮންމެ ގޮތަކަށް ތި މައުލޫމާތު ފެތުރި ނަމަވެސް ހަގީގަތަކީ އެމެރިކާ އިސްރާއީލް އިންޑިއާ އަކީ މުސްލިމުންގެ އެންމެ އަދާވާތްތެރި ހަތުރުން ކަން...
23 ޑިސެންބަރ 2019 | ހޯމަ 04:18
ތުރާ
ޥަރަށްބޮޑަށް އޮޅުވާލާ ފަ އޮތްލިޔުމެއް..ކީތްވެޔޯ ހަމައެކަނި މުސްލިމުން އިސްތިސްނާ އެކުރަނީ؟
23 ޑިސެންބަރ 2019 | ހޯމަ 01:43
ބަހުލޫލު
ހަަމަ ހީވަނީ އަންނި ލޮޔެލާ ފައި އޮތް ލިޔުމެއް ހެން.