ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 15:14
ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި އެގައުމުގެ ރައީސް އަޝްރަފް ޣަނީ
ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި އެގައުމުގެ ރައީސް އަޝްރަފް ޣަނީ
އަލްޖަޒީރާ
އަފްޣާނިސްތާން
އަފްޣާނިސްތާންގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ޣަނީ ހޮވިވަޑައިގެންފި
 
އަބްދުﷲގެ ޓީމުން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާކަން އިއުލާން ކޮށްފައި
 
އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ އަބްދުﷲ އަށް ލިބިވަޑައިގަތީ 39.52 އިންސައްތަ ވޯޓު
 
ޣަނީ އަށް ވަނީ 50.64 އިންސައްތަ ވޯޓު ލިބިވަޑައިގަންފައި

އަފްޣާނިސްތާނުގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އަޝްރަފް ޣަނީ އިންތިޚާބުވެ ވަޑައިގަންފިއެވެ.

ޕްރިލިމިނަރީ ނަތީޖާ ދައްކާގޮތުން ޣަނީ އަށް ވަނީ 50.64 އިންސައްތަ ވޯޓު ލިބިވަޑައިގަންފަ އެވެ. އަފްޣާނިސްތާންގައި އިންތިޚާބު ބާއްވާފައިވަނީ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު އެވެ. އާދީއްތަ ދުވަހު އަފްޣާނިސްތާންގެ އިލެކްޝަން ކޮމިޝަނުން އިންތިޚާބުގެ ނަތީޖާ ޢިއުލާން ކުރިއިރު ޣަނީ އާއި އެންމެ ކައިރިން ވާދަކުރި އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ އަބްދުﷲ އަށް ލިބިވަޑައިގަތީ 39.52 އިންސައްތަ ވޯޓެވެ. ތިން ވަނައިގައި އަފްޣާނިސްތާންގެ ކުރީގެ ބޮޑު ވަޒީރު ގުލްބުއްދީން އުޅުއްވާއިރު އޭނާއަށް ލިބިވަޑައިގަންފައިވަނީ 3.85 އިންސައްތަ ވޯޓެވެ.

ކާބުލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބުގެ ޕްރިލިމިނަރީ ނަތީޖާ އިއުލާންކުރައްވަމުން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ޗެއަރ ޕާސަން ހައްވާ އަލާމް ވިދާޅުވީ އެމީހުންގެ ޒިންމާ ވީ އެންމެ ރަނގަޅަކަށް ތެދުވެރިކަމާއެކު އަދާކޮށްފައިވާ ކަމަށެވެ.

ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައި އޮތީ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ނަތީޖާ އިއުލާން ކުރުން ލަސްވެގެން ގޮސްފައިވަަނީ ދިމާވެފައިވާ ޓެކްނިކަލް މައްސަލަތަކާއި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ފަރާތުން ކުރިޔަށް ގެންދިޔަ މުޒާހަރާތަކާއި ގުޅިގެންނެވެ. އެގޮތުން އަބްދުﷲ ގެ ސަޕޯޓަރުން ވަނީ އިންތިޚާބުގެ ކަންކަމުގައި އުޅުނު އޮފިސަރުން ވޯޓު ގުނުން މަހެއް ވަންދެން ހުއްޓުވާފަ އެވެ.

އެކަމާގުޅިގެން ވާހަކަ ދައްކަމުން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ސްޕޯކްސް ޕާސަން ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ލަސްވެގެން ދިޔުމުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ. ވަކިން ޚާއްސަކޮށް އިދިކޮޅު ކެންޑިޑޭޓްގެ ސަޕޯޓަރުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅުމުން މަސައްކަތްތައް ލަސްވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާއެކު އަބްދުﷲގެ ޓީމުން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާކަން އިއުލާން ކޮށްފަ އެވެ. އަދި އެކަމުގެ ޝަކުވާ އިލެކްޝަނަށް ހުށަހަޅާނެ ކަމަށްވެސް އަބްދުﷲގެ ޓީމުން ވަނީ ބުނެފައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެ އެވެ. އަފްޣާނިސްތާންގެ އިލެކްޝަން ކޮމިޝަނުން ރަސްމީ ނަތީޖާ އިއުލާން ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް