ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 12:07
ޝާރޕް ބްރޭންޑްގެ އޭސީ
ޝާރޕް ބްރޭންޑްގެ އޭސީ
ރެޑްވޭވް
ރެޑްވޭވް
ރެޑްވޭވް އިން ޝާރޕް ބްރޭންޑްގެ ޙާއްސަ ޕްރޮޑަޓްކްތަކެއް ތައާރަފުކޮށްފި
 
ޕްރޮޑަކްޓުތައް ލިބޭނީ ސާރވިސް ވޮރަންޓީއާއެކު
 
ޝާރޕްގެ ޕްރޮޑަކްޓުތައް ލިބިގެންދާނީ ހެޔޮ އަގެއްގައި ކަމަށް ރެޑްވޭވުން މައުލޫމާތުދޭ
 
ރެޑްވޭވުން ތައާރަފުކޮށްފައިވަނީ ޝާރޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިން

ޝާރޕް ބްރޭންޑް މުޅިންއާ މޮޑެލްތަކެއް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފު ކޮށްފިއެވެ.

ރެޑްވޭވުން ތަޢާރަފުކޮށްފައިވަނީ ޝާރޕް ބްރޭންޑުގެ އޭސީ، އައިސް އަލަމާރި އަދި ދޮންނަ މެޝިނެވެ. ޝާރޕް ބްރޭންޑަކީ ޖަޕާން ކޮލިޓީގެ "ސެވަން ޝީލްޑް" ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ދުނިޔޭގައި މަޝްހޫރު ބްރޭންޑެކެވެ.

މިގޮތުން ތަޢާރަފު ކުރެވިގެންދިޔަ އައިސް އަލަމާރި އަދި އޭސީ އަކީ ދުނިޔެއަށް ނަން މަޝްހޫރު ޖަޕާން ޓެކްނޮލޮޖީ "ޖޭ-ޓެކް" އިންވާޓަރ ހިމެނޭ އައިސް އަލަމާރި އެކެވެ. ޖޭ-ޓެކް އިންވާޓަރ އިން %77 އާއި ހަމައަށް އެނަރޖީ ސޭވްކޮށްދެއެވެ. އާދައިގެ އިންވާޓަރ އިން އެވަރެޖްގޮތެއް ގައި ޚަރަދު ކުޑަވެގެންދަނީ %50 އާއި ހަމައަށެވެ. އަދި މީގެ އިތުރުން ޚަރަދު ކުޑަކޮށްދިނުމާ އެކު، އެންމެ އެކަށޭނަ ފިނިހޫނުމިން ޖޭ-ޓެކް އިންވާޓަރ އިން ހިފަހައްޓައިދެއެވެ.

އަދި މީގެ އިތުރުން ޝާރޕްގެ އައިސް އަލަމާރީގައި ހިމެނޭ "އޭޖީ+ ނެނޯ ޑިއޮޑޮރައިޒާރ" ބެކްޓީރިޔާ އާއި ވަސް ނައްތާލަދީ އައިސް އަލަމާރިގައިވާ ކާއެއްޗިސް ތާޒާކަންމަތީ ބަހައްޓައިދެއެވެ. ރެޑްވޭވް އިން ޝާރޕް އައިސް އަލަމާރީގެ ތަޢާރަފު ކޮށްފައިވަނީ ކަސްޓަމަރުން އެންމެ ކަމުދާ ކުދި ސައިޒެވެ.

ޝާރޕް ގެ ތަޢާރަފުކުރެވިގެންދިޔަ ޓޮޕްލޯޑް ދޮންނަ މެޝިނަކީވެސް ކޮންމެ ވައްތަރެއްގެ ފެބްރިކް ދޮވެލެވޭފަދަ މޮޅު ދޮންނަމެޝިނެކެވެ. މީގެ އިތުރުން ސްމާޓް ފިލްޓަރ، ޓަބް ކްލީންނިންގ ގެ އިތުރުން އިންޓެލިޖެންޓް ވޯޓަރ ފޯލް ސިސްޓަމެއްވެސް މީގައި ހިމެނެއެވެ.

ޝާރޕް އޭސީގެ ދެރޭންޖެއް ރެޑްވޭވުން ތަޢާރަފުކޮށްފައިވެއެވެ. އެގޮތުން އެއްރޭންޖަކީ ޖަޕާނުން ދުނިޔެއަށް އިންޤިލާބު ގެނެސްދީފައިވާ، "ޕްލާޒްމަރ ކުލަސްޓަރ އިއޯން ޓެކްނޮލޮޖީ" އަކީ ވައިގެތެރޭގައިވާ %99 ބެކްޓީރިއާ ނައްތާލަދޭ އަދި ވައިގެތެރޭގައިވާ "އެއަރބޯން މޯލްޑް" ނުވަތަ އެލަރޖީ މެދުވެރި ކުރުވާފަދަ ހިރަފުހުގެ %97 ނައްތާލަދޭ ޓެކްނޮލޮޖީއެކެވެ. އެގޮތުން ވައިގެ ތެރެއަށް އެއަރކޯނުން ދޫކޮށްލާ އިއޯންގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެއެވެ. އަދި މިޓެކްނޮލޮޖީ ހިމެނޭ އައިސް އަލަމާރިވެސް ވަރަށް އަވަހަށް ތަޢާރަފު ކުރެވިގެންދާނޭކަމުގައި ރެޑްވޭވުން މަޢުލޫމާތު ދެއްވައެވެ.

ޝާރޕް އޭސީގައިވާ ބާރުގަދަ ޖެޓްގެ ސަބަބަން ވަރަށް އަވަހަށް ފިނިކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވެއެވެ. އަދި މުޅި އިންޑަސްޓްރީގެވެސް އެންމެ ދަށް ފިނިމިން ކަމުގައިވާ 14ޑިގްރީ ސެލްސިއަސްއަށް، ފިނިކޮށްދިމުގެ ޤާބިލުކަން ލިބިފައިވާ އޭސީއެކެވެ.

ރެޑްވޭވުން ބުނީ ޝާރޕް ބްރޭންޑްގެ އުފެއްދުންތައް ލިބޭނީ ސަރވިސް ވޮރަންޓީއާއެކުގައެވެ. އަދި ޝާރޕްގެ މި އުފެއްދުންތަކަކީ ރެޑްވޭވަށް ޚާއްޞަ އެކްސްކުލޫސިވް ރޭންޖުތަކެއް ކަމަށާއި ޝާރޕްގެ އުފެއްދުންތައް ލިބިގެންދާނީ ހެޔޮ އަގެއްގައި ކަމަށް ރެޑްވޭވުން މަޢުލޫމާތުދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް