ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:11
ސަލްމާން ޚާން
ސަލްމާން ޚާން
ޒީ ނިއުސް
ބޮލީވުޑް
ދަބަންގް 3: ރިލީޒް ކުރި ދުވަހު 24 ކްރޯޑް ލިބިއްޖެ!
 
މި ފިލްމްގައި ސަލްމާން ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުން
 
ފިލްމް ރިލީޒް ކޮށްފައިވަނީ 20 ޑިސެމްބަރު ގައި

މިދިޔަ ހުކުރު ދުވަހު ދުވަހު ރިލީޒް ކުރި ސަލްމާން ޚާންގެ ފިލްމު "ދަބަންގް3" އަށް ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި ޢާމްދަނީގެ ގޮތުގައި ވަނީ 24.50 ކްރޯޑް ރުޕީސް ލިބިފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ އިންޑިއާގައި މިވަގުތު މުޒާހަރާ ކުރަމުން ނުދާނަމަ މިއަށްވުރެ ވެސް ބޮޑު ޢާމްދަނީއެއް މި ފިލްމަށް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގެ މުސްލިމުން ހަވާސާވާ ގޮތަށް ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ފެށި މުޒާހަރާތައް ހޫނުވެ އެކި ހިސާބުތަކަށް މުޒާހަރާވަނީ ފެތުރިގެން ގޮސްފައެވެ.

ދަބަންގް ފްރެންޗައިޒް ގެ 3 ވަނަ ފިލްމަށް ބޮޑު ޢާމްދަނީއެއް ލިބިފައިވާ އިރު 2010 ވަނަ އަހަރު ރިލީޒް ކުރި "ދަބަންގް" އަށް ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.50 ކްރޯޑް ރުޕީސް އެވެ.

އަދި 2012 ވަނަ އަހަރު ރިލީޒް ކުރި "ދަބަންގް2" އަށް ފިލްމް ރިލީޒް ކުރި ދުވަހު ލިބިފައިވަނީ 21.10 ކްރޯޑް ރުޕީސް އެވެ.

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ސަލްމާން ފެނިގެންދަނީ ބިރު ކުޑަ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

"ދަބަންގް3" ގައިވެސް ސަލްމާނުގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ މި ފްރެންޗައިޒް ގައި ސަލްމާނާ އެކު ފެނިގެން ދިޔަ ތަރި ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ. ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ. މި ފިލްމުގައި މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ ސަލްމާނުގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ. މި ފިލްމަކީ ޕްރަބޫ ދޭވާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް