ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 14:51
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ޓްވިޓަރ
މޯލްޑިވިއަން
މޯލްޑިވިއަނުން ބެންކޮކް ދެކޮޅު ޓިކެޓް 319 ޑޮލަރަށް
 
ޑިސެމްބަރ މަހުގެ 23 ން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 10 ގެ ނިޔަލަށް ބެންކޮކް ދެކޮޅު ޓިކެޓްގެ އަގަކީ 319 ޑޮލަރު

އާ އަހަރާ ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބެންކޮކަށް ދަތުރު ކުރުމަށް ޚާއްޞަ ޕެކޭޖެއް ތަޢާރަފު ކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ ޑިސެމްބަރ މަހުގެ 23 ން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 10 ގެ ނިޔަލަށް ބެންކޮކް ދެކޮޅު ޓިކެޓުގެ އަގަކީ 319 އެމެރިކާ ޑޮލަރު ކަމަށެވެ. އެއީ 4919 ދިވެހި ރުފިޔާ އެވެ.

މޯލްޑިވިއަނުން އަންނަނީ ތަފާތު މުނާސަބަތުތަކާއި ދިމާކޮށް މިފަދަ އެކި ފެއަރތައް ބާއްވަމުންނެވެ. އެގޮތުން މިއަހަރު މީގެކުރިންވެސް ބެންކޮކަށް ޚާއްޞަކޮށް މިފަދަ ފެއަރއެއް ބާއްވާފައެވެ.

މޯލްޑިވިއަނުން އަންނަނީ ހަފުތާއަކު ހަ ދަތުރު ބެންކޮކަށް ކުރަމުންނެވެ. މޯލްޑިވިއަނުން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް