ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 13:45
ޗެހެރޭގެ ޓީމް ސްލޮވާކިއާގައި ކުރަން ތާވަލުކުރި ޝޫޓިންގތައް ނިންމާ ފޮޓޯއަކަށް ހުއްޓިގެން
ޗެހެރޭގެ ޓީމް ސްލޮވާކިއާގައި ކުރަން ތާވަލުކުރި ޝޫޓިންގތައް ނިންމާ ފޮޓޯއަކަށް ހުއްޓިގެން
ޓްވިޓަރ
އިމްރާން ހަޝްމީ
އިމްރާން ހާޝްމީގެ ޗެހެރޭގެ ބޮޑު މަސައްކަތެއް ނިންމާލައިފި
 
މިއީ އިމްރާނާއި އަމީތާބު އެއްކޮށްފެނިގެންދާ ފުރަތަމަ ފިލްމު

މަޝްހޫރު ޕްރޮޑިއުސަރ އަދި އެކްޓަރ އިމްރާން ހާޝްމީގެ އެންމެ ފަހުގެ ފިލްމު ޗެހެރޭގެ ބޮޑު މަސައްކަތެއް ނިންމާލާ އެކަން ސޯޝަލް މީޑިއާގައި ހާމަކޮށްފިއެވެ.

އިމްރާންގެ ޓްވިޓަރ އެކައުންޓުން ޢާންމުންނަށް ދައްކާލި ބައެއް ފޮޓޯތަކާއެކު އިމްރާން ބުނެފައިވަނީ ޗެހެރޭގެ ޓީމު ސްލޮވާކިއާގައި ކުރަން ތާވަލުކުރި ޝޫޓިންގތައް ނިންމާ ރެޕްކޮށްފައިވާ ކަމަށެވެ. ޔޫރަޕުގެ ޤައުމެއް ކަމަށްވާ ސްލޮވާކިއާގައި ޝޫޓިން ނިންމާލި އިރު އިމްރާން ޢާންމު ކުރި ފޮޓޯގައި ބޮލީވުޑުގެ ބައްޕަ އަމީތާބުވެސް ފެނިގެންދެއެވެ.

އިމްރާނާއި ޓީމުން ސްލޮވާކިއާގައި ޝޫޓިން ކޮށްފައިވަނީ 12 ޑިގްރީގައި އެތަނުގެ ފިނިހޫނުމިން ހުއްޓައެވެ.

ފިލްމު ޗެހެރޭގައި ގައި ކިރިތިކް ކަރްބަންޑާ ލީޑް ރޯލުން ފެނިގެންދާ އިރު، މި ފިލްމުގެ ޑައިރެކްޓަރަކީ ރޫމީ ޖަފެރީ އަދި ޕްރޮޑިއުސަރަކީ އާނަންދު ޕާންޑިތެވެ. މިއީ ބިރުވެރި ފިލްމެކެވެ.

މި ފިލްމުގައި އަމީތާބު ފެނިގެންދާނީ ވަކީލެއްގެ ގޮތުގައެވެ. އަދި އިމްރާން ފެނިގެންދާނީ މުއްސަނދި ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. މިއި އަމީތާބާއި އިމްރާން އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

އިމްރާންގެ ފަހުގެ ފިލްމު ޗެހެރޭގެ މަސައްކަތްތައް ކުރިއަށްދާއިރު، އޭނާ އެންމެ ފަހުން ކުޅުނު ވައި ޗީޓް އިންޑިއާ ސިނަމާތަކަށް އަންނަން ރެޑީވެފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް