ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 13:41
އެމެރިކާ
އެމެރިކާ
ޓްވިޓަރ
ދުންފަތް
ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރަކީ 21 އަހަރުކަމަށް އެމެރިކާގައި ކަނޑައަޅައިފި
 
180 ދުވަސް ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އެކަމާ ގުޅުންހުރި ގަވާއިދުތައް ހަދަންޖެހޭ
 
މިބިލް ޤާނޫނަކަށް ވެގެންދިޔުމުން މިއަށް އަމަލުކުރަން ފަށާނީ ނުވަ މަސް ފަހުން
 
ކުރިޔަށް އޮތް އަހަރު ތެރޭގައި އެމެރިކާގައި އުމުރުން 21 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމަކަށް ވެގެންދާނެ

އުމުރުން 21 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުގަނެވޭ ގޮތަށް އެމެރިކާގެ ޤާނޫނަށް ބަދަލު ގެނެސްފި އެވެ.

ކޮންގްރެސް އިން ފާސްކޮށްފައިވާ މިބިލު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ވަނީ ހުކުރު ދުވަހު ތަޞްދީޤު ކުރައްވާފައެވެ. މިބިލުގައވާ ގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް ގަނެވޭނީ އުމުރުން 21 އަހަރު ވުމުންނެވެ. އޭގެ މާނައަކީ ކުރިޔަށް އޮތް އަހަރު ތެރޭގައި އެމެރިކާގައި އުމުރުން 21 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމަކަށް ވެގެންދާނެ އެވެ. އޭގެ ތެރޭގައި ވޭޕްގެ އެކި ބާވަތްތަކާއި އީ-ސިގިރޭޓާއި އެނޫންވެސް ދުންފަތާއި ގުޅުންހުރި ބާވަތްތައް ހިމެނެ އެވެ.

ޤާނޫނަށް މިބަދަލު މި ގެނައީ އެޤައުމުގެ ޒުވާން އުމުރު ކުދިންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މާބޮޑަށް ޢާންމުވެ ތަފާތު އެކި ޞިއްޙީ މައްސަލަތައް ދިމާވުން ޢާންމު ވަމުންދާތީ އެވެ. މިބިލު ޤާނޫނަކަށް ވެގެންދިޔުމުން މިއަށް ޢަމަލުކުރަން ފަށާނީ ނުވަ މަސް ފަހުންނެވެ. 180 ދުވަސް ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެކަމާ ގުޅުންހުރި ޤަވާއިދުތައް ހަދަންޖެހެއެވެ. އަދި އޭގެ 90 ދުވަސް ފަހުން އެޤަވާއިދަށް ޢަމަލުކުރަން ފަށާނެ އެވެ.

ދުންފަތުގެ އެކި ބާވަތްތައް އެމެރިކާގެ ފުރާވަރު އުމުރުގެ ކުދިން ބޭނުންކުރާއިރު އެމީހުންގެ މެދުގައި އެންމެ މަޤުބޫލީ އީ ސިގިރޭޓް އާއި ވޭޕެވެ. ނަމަވެސް މިކަންތައް އެމެރިކާގައި ބޮޑު މައްސަލައަކަށް ވެގެންދިޔައީ ވޭޕް ކުރުމާއި ގުޅުންހުރި ގިނަ ބަލިތައް އެމެރިކާގައި ޢާންމު ވަމުންދިޔުމާ ގުޅިގެންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު އެމެރިކާގެ މެދު މަދުރަސީ ދަރިވަރުންގެ ތެރެއިން 12.5 އިންސައްތަ ކުދިން ދުންފަތުގެ ކޮންމެސް ބާވަތެއް ބޭނުންކުރެއެވެ. މީގެއިތުރުން އެމެރިކާގެ 34 މިލިއަނަށް ވުރެ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ.

ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު 18 އަހަރުން 21 އަހަރަށް މަތިކުރުމަށް ހުށަހަޅާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު