ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 09:25
ލުބުނާނުގެ މުޒާހަރާ
ލުބުނާނުގެ މުޒާހަރާ
އަލްޖަޒީރާ
ލުބްނާނު
ލުބުނާނު މުޒާހަރާ: މުޒާހަރާގެ ބައިވެރިން ވެގެން އެގައުމުގެ ބައެއް މަގުތައް ބަންދުކޮށްފި
 
ޑިއާބު އައްޔަނު ކުރުމަށް ނިންމާފައިވަނީ ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވުމާއި ގުޅިގެން

ލުބުނާނުގެ ބޮޑުވަޒީރު ކަމަށް ހަސަން ޑިއާބް އައްޔަނުކުރުމަށް ޙިޒްބުﷲ ޖަމާޢަތުން ނިންމުމާއި ގުޅިގެން އެޤައުމުގެ ބައެއް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި މުޒާހަރާގެ ބައިވެރިން ވެގެން ބައެއް މަގުތައް ބަންދުކޮށްފިއެވެ.

އެޤައުމުގައި މުޒާހަރާ ކުރަމުންދަނީ ލުބުނާނުގެ ބޮޑުވަޒީރު ކަމަށް ސުއްނީ މުސްލިމެއް ކަމަށްވާ ޑިއާބު ޢައްޔަނުކުރުމަށް އެޤައުމުގެ މައި ސުއްނީ ޖަމާއަތާއި މަޝްވަރާ ނުކޮށް، ޝިޢީ ގްރޫޕް ޙިޒްބުﷲ އިން ނިންމުމާއި ގުޅިގެންނެވެ.

އެ މަޤާމަށް ޑިއާބު ޢައްޔަނު ކުރުމަށް ނިންމާފައިވަނީ ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. ހަރީރީ އިސްތިޢުފާ ދެއްވީ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން މުޒާހަރާގެ ބައިވެރިންވަނީ އެ ޤައުމުގެ މަގުތައް ބަންދުކޮށްފައެވެ.

އެގޮތުން މުޒާހަރާތަކުގައި ވަނީ ޓަޔަރާއި ޑަސްބިންތަކުގައި އަލިފާން ރޯކޮށް، މަގުތަކުގެ ޓްރެފިކަށް ހުރަސްއަޅާ، މަގުތައް ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް