ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 19:08
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު
ސްކައި ނިއުސް
ޕަރްވޭޒް މުޝައްރަފު
މަރުވެއްޖެނަމަ މުޝައްރަފްގެ ހަށިގަނޑުވެސް ދަންޖައްސާފައި ބަހައްޓަން ޖެހޭނެ: ހުކުމް
 
މުޝައްރަފް ދަނީ ހުކުމާއި ދެކޮޅު ހައްދަވަމުން
 
މުޝައްރަފް ހުންނެވީ އަމިއްލަ އަރުވާލައިގެން ދުބާއީގައި
 
މަރަން ހުކުމް ކޮށްފައިވަނީ އަންގާރަ ދުވަހު

ޚުދުމުުހުތާރު ވެރިކަމެއް ހިންގައި ޤައުމަށް ޣައްދާރުވި ކަމުގެ ދަޢުވާ އުފުލައި، އަންގާރަ ދުވަހު މަރަން ޙުކުމް ކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފުގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ ތަފުޞީލު ބުރާސްފަތި ދުވަހު ޢާއްމުކޮށްފިއެވެ.

އެ ޙުކުމުގައިވާ ގޮތުން، ކޯޓުން ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އިރުޝާދު ދީފައިވަނީ މުޝައްރަފު އަވަހާރަވެއްޖެނަމަ އޭނާގެ ހަށިގަނޑު އިސްލާމްއާބާދުގެ ސަަރުކާރުގެ ޢިމާރާތްތައް ހުންނަ ޑިމޮކްރެސީ ޗޯކް (ޑީ- ޗޯކް) ގައި ތިން ދުވަސް ވަންދެން ދަންޖައްސާފައި ބެހެއްޓުމަށެވެ.

ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން އަންގާރަ ދުވަހު މުޝައްރަފަށް ކުރި ޙުކުމްގެ ތަފުޞީލު ދެއްވާފައިވަނީ އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޕެޝާވަރް ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު ވަގަރް އަޙްމަދެވެ.

169 ޞަފުޙާގެ މައްޗަށް އެކުލެވިގެންވާ ޙުކުމްގައިވާ ގޮތުން ޕާކިސްތާނުގެ ކުރީގެ ރައީސްގެ ދިފާޢުގައި އެމަނިކުފާނުގެ ވަކީލުންނަށް އެކަށީގެންވާ ވަރަށް ހެކި ހުށައެޅިފައިނުވާ ކަމަށެވެ.

މުޝައްރަފުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ 2007 ވަނަ އަހަރު ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައި ކުއްލި ޙާލަތު އިޢުލާން ކުރި މައްސަލައިގަ އެވެ. އަދި މިމައްސަލައިގައި ޝަރީޢަތް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

މުޝައްރަފު ޕާކިސްތާނުގެ ވެރިކަމަށް އަރާ ވަޑައިގަތީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާގެ ގޮތުގައި ހުންނަވައިގެން ކުރެއްވި ބަޣާވާތެއްގައި 1999 ވަނަ އަހަރެވެ.

މުޝައްރަފް މެރުމަށް ހުކުމް ކުރިއިރު އަމިއްލައަށް އަރުވާލެވިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގަ އެވެ. އަދި 2016 ދުބާއީގައި އޭނާ ދިރިއުޅުއްވަމުން ގެންދަވާއިރު، އޭނާ މެރުމަށް ކޯޓުން ޙުކުމް ކޮށްފަައި ވަނީ ވެސް އޭނާގެ ޣައިރު ހާޒިރުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
4%
38%
31%
2%
4%
ކޮމެންޓް
20 ޑިސެންބަރ 2019 | ހުކުރު 16:52
ނިހާން
މީ މުސްލިމުންނޭ ކިޔައިގެން އުޅޭ ޕާކިސްތާނު މީހުން ގަންނަ ގަނޑު އިންސާނާ މަރުވުމަށްފަހު އޭނާގެ ފުރާނަނެތް މަސަގަނޑަށް މިދުނިޔޭގައި އަދަބު ދެވޭބާ؟ ނޭންގޭތީ އަހާލެވުނީ!!!! ދީނުގައި މިކަން އޮންނަނީ ކޮންގޮތަކަށްބާ ދީނީ ޢިލްމުވެރިއަކު ޖަވާބު ދެއްވަފާނަންތޯ؟