ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 17:58
ކުއަލަ ލަމްޕޫރް ސަމިޓުގައި ޑރ. މަހާތިރު މުހައްމަދު ވާހަކަފުޅު ދައްކަވަނީ
ކުއަލަ ލަމްޕޫރް ސަމިޓުގައި ޑރ. މަހާތިރު މުހައްމަދު ވާހަކަފުޅު ދައްކަވަނީ
އޭޕީ
ކުއަލަ ލަމްޕޫރް ސަމިޓް
މުސްލިމު އުއްމަތް އޮތީ ކާރިސާގެ ހާލަތެއްގައި: ޑރ. މަހާތިރު
 
މުސްލިމް ގިނަ ގައުމުތަކަކުން މި ސަމިޓުގައި ބައިވެރިވެފައިވޭ
 
ހެޔޮ ވެރިކަމެއް ނުކުރެވުމަކީ މިހެން ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބު: މަހާތިރު
 
މުސްލިމް ގައުމުތައް ތަރައްގީނުވާތީ މަހާތިރު ކަންބޮޑުވުން ފާޅުކުރެއްވި

މުޅި އިސްލާމީ އުއްމަތް އޮތީ "ކަރިސާ"ގެ ހާލަތެއްގައި ކަމަށާއި، ތަންފީޒުކުރެވޭ ވަރުގެ ހައްލުތަކެއް ބޭނުންވާކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މަހާތިރު މިހެން ވިދާޅުވީ، މިހާރު މެލޭޝިއާގައި ކުރިޔަށްދާ ކުއަލަ ލަމްޕޫރު ސަމިޓުގައެވެ. މި ސަމިޓަކީ މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމުތަކުގެ ވެރިންނަށް ދައުވަތުދީގެން މެލޭޝިއާގެ އިސްނެގުމުގައި ކުރިޔަށްގެންދާ ސަމިޓެކެވެ.

މި ސަމިޓުގެ ބައިވެރިންނާއި މުހާތަބުކުރައްވަމުން މަހާތިރު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލިކަމުގައިވީނަމަވެސް، މިހާރު ފެނިގެން ދަނީ މުސްލިމުންގެ ގައުމުތައް ހަލާކުވެ، އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން ގައިރު މުސްލިމުންގެ ގައުމުތަކުން ހިމާޔަތް ހޯދަމުންދާ މަންޒަރުކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ގެއްލުން ލިބުނު ގައުމުތައް މިހާރު އެ ހާލަތުން އަރައިގަނެ، ތަރައްގީވެ ކުރިއަރާފައިވާއިރު، މުސްލިމް ގައުމުތައް ރަނގަޅަށް ކުރިއަރާ މަންޒަރު ނުފެންނާތީ މަހާތިރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މި ގައުމުތަކުގެ ސަރުކާރުތަކުން ގައުމުގައި ރަނގަޅު ވެރިކަމެއް ކުރާ މަންޒަރުވެސް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުތައް ފާހަގަކުރައްވާ މަހާތިރު ވިދާޅުވީ، އިސްލާމީ އުއްމަތުގެ ގައުމުތަކުން ފެންނަނީ ދާހިލީ ހަނގުރާމަތަކާއި، އާއިލާތަކާއި ޖަމާއަތްތަކުގެ މަސްލަހަތުގައި ކުރާ ހަނގުރާމަތަކާއި، ފެއިލްވެފައިވާ ސަރުކާރުތައް ކަމަށެވެ. އަދި މިކަންކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

މި ސަމިޓުގައި އިރާން، ތުރުކީވިލާތް، އުރުދުން އަދި ގަތަރު ފަދަ ގައުމުތަކުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް، ސައުދީ، ޔޫއޭއީ، އިންޑޮނޭޝިއާ އަދި ޕާކީސްތާނުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވުމުން އުޒުރުވެރިވެފައެވެ. ސައުދީން މި ބައްދަލުވުމުގައި ބައިވެރިވުމަށް އުޒުރުވެރިވީ، އިސްލާމީ އުއްމަތް ދެބައި ވެދާނެ ކަމަށް ބުނެއެވެ.

ނަމަވެސް ބައެއް މުރާސިލުން ބުނާ ގޮތުގައި، މި ސަމިޓުގައި ސައުދީން ބައިވެރިވުމަށް އުޒުރުވެރިވީ އިރާނުން މި ސަމިޓުގައި ބައިވެރިވުމުންނެވެ. އަދި ސައުދީގެ ބައެއް އިސް ފަރާތްތަކުން ވަނީ މި ސަމިޓަކީ އޯއައިސީއާ ވާދައަށް މެލޭޝިއާއިން ބާއްވާ ސަމިޓެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެލޭޝިއާއިން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް