ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 09:09
ލުބުނާންގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން
ލުބުނާންގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
ލުބުނާން
ސާދް ހަރީރީ ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ މަގާމަށް ކުރިމަތިނުލައްވާނެކަމުގެ ޔަގީންކަން ދެއްވައިފި
 
މުޒާހަރާތައް ފެށުނީ ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން
 
ބޮޑުވަޒީރަކު އައްޔަންކުރުމަށް 128 މެމްބަރުންގެ ރުހުން ބޭނުންވާނެ
 
ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ

މަޤާމުން އިސްތިޢުފާ ދެއްވި ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ސާދު އަލް ހަރީރީ ދެވަނަ ފަހަރަށް ބޮޑު ވަޒީރުގެ މަޤާމަށް ކުރިމަތިނުލައްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސާދު މިހެން ވިދާޅުވީ ސަރުކާރުން ބާއްވަން މަސައްކަތް ކުރި ޞުލްޙައިގެ މަޝްވަރާ ބައްދަލުވުންތައް ލަސްވުމާ ގުޅިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ސާދު ވިދާޅުވީ ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރިމަތިނުލައްވާނެކަމަށެވެ. ނަމަވެސް އައު ބޮޑުވަޒީރެއް ކަނޑައެޅުމަށް ބާއްވާ ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ބޮޑުވަޒީރަކު އައްޔަންކުރުމަށްޓަކައި ބުރާސްފަތި ދުވަހު ރައީސް މައިކަލް އައުންއާއެކު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ލުބުނާނުގެ ޤާނޫނު އަސާސީގައިވާ ގޮތުގައި އައު ބޮޑުވަޒީރަކު ޢައްޔަންކުރުމަށްޓަކައި 128 މެންބަރުންގެ ރުހުން ބޭނުންވާނެއެވެ.

ބޮޑުވަޒީރުކަމުގެ މަޤާމުން ސާދު އިސްތިޢުފާ ދެއްވީ ވެރިކަމުގެ ނިޒާމުގަ ކޮރަޕްޝަނުގެ ޢަމަލުތައް އިންތިހާއަށް އިތުރުވެ، ޤައުމުގެ ބައިތުލްމާލުން އަމިއްލަ ކަންކަމަށް ޚަރަދު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކެއްކޮށް މުޒާހަރާ ކުރާތާ މަހަކަށްވުރެ ގިނަ ދުވަސްވެ ޤައުމު ހަލަބޮލިވުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް