ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 08:12
އެމެރިކާގެ ކެޕިޓޮލް ބިލްޑިންގ
އެމެރިކާގެ ކެޕިޓޮލް ބިލްޑިންގ
އަލްޖަޒީރާ
އެމެރިކާ
ޑިފެންސް ބިލް ފާސްކޮށް އެމެރިކާގައި ޖައްވީ ސިފައިންގެ ލަޝްކަރު އުފައްދަނީ
 
މިިދިޔަ ހަފްތާގައި ޓްރަމްޕް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބިލް ސެނެޓުން ފާސްކުރާއިރަށް އެބިލް ތަސްދީގުކުރާނެ ކަމަށް
 
މިބިލް ރިޕަބްލިކުން ކޮންޓްރޯލް ކުރާ ސެނެޓުން ފާސްކޮށްފައިވަނީ 86 ވޯޓުން

އެމެރިކާގެ ސެނެޓުން ޑިފެންސް ބިލް ފާސްކޮށް އެ ބިލް ތަސްދީގުކުރުމަށް ވައިޓް ހައުސްއަށް ފޮނުވާފަ އެވެ.

738 ބިލިއަން ޔޫއެސް ޑޮލަރުގެ ޑިފެންސާ ގުޅުންހުރި ކަންކަން ތަންފީޒު ކުރުމަށް މިބިލް ބާރު އަޅާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ބުނެފައިވަނީ ވީ އެންމެ އަވަހަކަށް އެބިލްގައި ސޮއިކޮށް ޤާނޫނަކަށް ހަދާނެ ކަމަށެވެ. މިބިލް ރިޕަބްލިކަންސް ކޮންޓްރޯލް ކުރާ ސެނެޓުން ފާސްކޮށްފައިވަނީ 86 ވޯޓުންނެވެ، މިބިލާ ދެކޮޅަށް ލިބިފައިވަނީ 8 ވޯޓެވެ.

މިިދިޔަ ހަފްތާގައި ޓްރަމްޕް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބިލް ސެނެޓުން ފާސްކުރާއިރަށް އެބިލް ތަސްދީގުކުރާނެ ކަމަށާއި އެއީ އޭނާ އެންމެ ބޭނުންވާ ކަންކަން އެބިލްގައި ހުރުމުން ކަމަށެވެ.

މި ނިންމުމާއެކު ޖައްވީ ލަޝްކަރު ވެެގެން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ ހަވަނަ ގޮތްޕަށެވެ. މިހާރު އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ ގޮފިތަކުގެ ތެރޭގައި އާމީއާއި ނޭވީއާއި މެރިން ކޯޕްސްގެ އިތުުރުން ކޯސްޓްގާޑާއި އަދި އެއާ ފޯސް ހިމެނެއެވެ.

މިބިލް ފާސްވެގެން ގޮސްފައިމިވަނީ ޑިމޮކްރަޓުންނާއި ރިޕަބްލިކަން އާ ދެމެދު އެތައް މަސްދުވަސް ތަކެއް ވަންދެން ކުރިޔަށްދިޔަ މަޝްވަރާތަކަށް ފަހު، ދެ ފަރާތަށްވެސް އެއްބަސްވެވުނު ގޮތެއްގެ މަތިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް