ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 00:02
އުރީދޫ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ
އުރީދޫ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ
އުރީދޫ
އުރީދޫ
އުރީދޫގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް
 
ބޭންކިން އާއި ފައިނޭންޝަލް ސާވިސަސް އަދި ރީބްރޯޑްކާސްޓް ކުރުމާއި އިންޝުއަރެންސްގެ ބައި އަސާސީ ގަވާއިދަށް އިތުރު ކުރުން ހިމެނެ
 
ހިންގާ ގަވައިދުގެ 10 މާއްދާ އަކަށް އިސްލާހު ވަނީ ގެނެސްފަ

އުރީދޫގެ އަސާސީ ޤަވާއިދާ ހިންގާ ޤަވާއިދަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، އުރީދޫގެ ފުރަތަމަ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ އާ އަހަރެއް ފެށުމުގެ ކުރިން މި އިޞްލާޙުތައް ގެނައުމަށެވެ. އުރީދޫގެ އަސާސީ ޤަވައިދަށް މައިގަނޑު ތިން އިއިޞްލާޙެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ބޭންކިން އާއި ފައިނޭންޝަލް ސަރވިސަސް އަދި ރީބްރޯޑްކާސްޓް ކުރުމާއި އިންޝުއަރެންސްގެ ބައި އަސާސީ ޤަވާއިދަށް އިތުރު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައެއް މާއްދާ ތަކަށް ކުދިކުދި ބަދަލުތައް ގެނެސްފައިވެ އެވެ.

އަސާސީ ޤަވައިދަށް ގެނައި އިޞްލާޙުތައް ފާސްވެފައިވެފައި ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92.38 ޕަސެންޓު ތާއިދާއެކުއެވެ. މީގެ އިތުރުން ހިންގާ ޤަވައިދުގެ 10 މާއްދާ އަކަށް އިޞްލާޙު ގެނެސްފައިވެއެވެ.

ހޮޓެލް ޖެންގައި ހޯމަ ދުވަހުގެ ބޭއްވި އެ ކުންފުނީގެ ފުރަތަމަ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގައި 91 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޢަމަލީ ގޮތުން ޖަލްސާއަށް ހާޒިރުވި 59 ހިއްސާދާރަކާއި، ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި 32 މީހުންނެވެ. މިއާއެކު އެ ކުންފުނީގެ 1.36 މިލިއަން ހިއްސާ ތަމްސީލު ކޮށްފައިވެއެވެ.

އުރީދޫގެ އަހަރީ ޢާންމު ޖަލްސާ ބާއްވާފައި ވަނީ މި އަހަރުގެ މާރޗު މަހުއެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާދާރުންނަށް 3 ރުފިޔާ 22 ލާރީގެ މަގުން ފައިދާ ބަހާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 00:28
ބޯގޯސް
އަސާސީ ގަވައިދަށް ގެނައި ބަދަލެއް މީގެއެއް ނެތް