ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:19
ޒިމްމާބުވޭގެ ނައިބް ރައީސްގެ އަނބިކަނބަލުން މެރީ އަދި ނައިބް ރައީސް ޗިވެންގާ
ޒިމްމާބުވޭގެ ނައިބް ރައީސްގެ އަނބިކަނބަލުން މެރީ އަދި ނައިބް ރައީސް ޗިވެންގާ
ދި ގާޑިއަން
ޒިމްބާބުވޭ
ޒިމްބާބުވޭގެ ވީޕީގެ އަނބިކަނބަލުން، ފިރިކަލުން އަވާހަރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތު
 
ޗައިނާއިން ފަރުވާ ހޯދާފައިވޭ
 
ފިރިކަލުންގެ ލައިފް ސަޕޯޓް ސިސްޓަމް ނައްޓަވަން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައިވޭ
 
މަނީލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވޭ

ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ޒިމްބާބުވޭގެ ނައިބު ރައީސް ކޮންސްޓަންޓިނޯ ޗިވެންގާގެ ލައިފް ސަޕޯޓް ނައްޓާލާ އެމަނިކުފާނު އަވަހަރާކޮށްލަން އުޅުނު ކަމުގެ ތުހުމަތު އަނބިކަނބަލުން މައްޗަށް ކޮށްފިއެވެ.

ނިމިގެންދިޔަ ހަފުތާ ބަންދުގައި ހައްޔަރުކޮށް، ހަރާރޭގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރެވުނު ނައިބު ރައީސްގެ އަނބިކަނބަލުން މެރީ ޗިވެންގާ ހުންނެވީ ބަންދުގައި ބަހައްޓާފަ އެވެ. އެކަމަނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ވަނީ، ޤަވާއިދާ ޚިލާފަށް އެއް މިލިއަން ޑޮލަރު ޓްރާންސްފަރކޮށް އަގު ބޮޑެތި ކާރުތަކާއި، ގެތައް ގަނުމުގެ އިތުރުން މީހަކު މަރާލަން މަސައްކަތް ކުރިކަމުގެ ތުހުމަތެވެ.

މީހަކު މެރުމުގެ ދަޢުވާ ކުރީގެ މޮޑެލް މެރީގެ މައްޗަށް އުފުލާފައިވަނީ މި އަހަރުގެ ޖުލައި މަހު ފިރިކަލުން ސައުތު އެފްރިކާގައި ޞިއްޙީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލުގައި ޗިވެންގާ އޮންނެވި ކޮޓަރިކޮޅަށް ވަޑައިގެން ލައިފް ސަޕޯޓް ނައްޓަވައިލައްވަން އުޅުނު ކަމުގެ ތުހުމަތުތަކެވެ.

ގަދަކަމުން ޗިވެންގާ އޮންނެވި އެނދުން ބޭރަށް ގެންދަވަން އުޅުއްވަނިކޮށް ސެކިއުރިޓީން މެރީ ހުއްޓުވިއެވެ. އޭގެ ފަހުން ޗައިނާ އަށް ވަޑައިގެން ޞިއްޙީ ފަރުވާ ހޯއްދެވުމަށް ފަހު ޗިވެންގާ ޒިމްބާބްވޭ އަށް ވަޑައިގެންނެވީ ނޮވެންބަރު މަހުގެތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް