ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:26
ބަރަކް އޮބާމާ
ބަރަކް އޮބާމާ
އޭއެފްޕީ
ބަރަކް އޮބާމާ
އޮބާމާ ވިދާޅުވަނީ، ގައުމެއް ހިންގަން އަންހެނުންނަކީ ފިރިހެނުންނަށްވުރެ މާ ރަނގަޅު ބައެއް ކަމަށް
 
އެންމެ ގިނަ މައްސަލަތައް އަންނަނީ މުސްކުޅު ފިރިހެނުން ވެރިކަން ކުރައްވާ ގައުމުތަކުން ކަމަށް ވިދާޅުވި
 
އޮބާމާ ގެންދަވަނީ ފައުންޑޭޝަނެއް ހިންގަވަމުން
 
ވެރިކަމުގައި ހުންނެވިއިރު އެކަން ހިޔާލަށް ގެންނެވި ކަމަށް ވިދާޅުވި

ދުނިޔޭގެ ކޮންމެ ޤައުމެއްގެ ވެރިޔަކަށް އަންހެނަކު ހުންނަނަމަ، ދިރިއުޅުމުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރްގައި ބޭއްވި ޙަފުލާއެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ކުރީގެ ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު އަންހެން ބޭފުޅަކު ދުނިޔެ ހިންގާނެ ގޮތް ޚިޔާލަށް ގެންނެވި ކަމަށެވެ.

އަންހެނުން އޭގެ ޒާތުގަ ވެރިކަން ކުރަން އެންމެ ފުރިހަމަ ނުވިނަމަވެސް، ޝައްކެތްނެތް ގޮތުގައި އެމީހުންނަކީ ފިރިހެނުންނަށްވުރެ ރަނގަޅު ބައެއްކަން އޮބާމާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ގިނަ މައްސަލަތައް އަންނަނީ އުމުރުން ދުވަސްވީ ފިރިހެން ބޭފުޅުން ވެރިކަމުގަ ތިއްބަވާ ޤައުމުތަކުން ކަމަށެވެ.

އެމެރިކާގެ 44 ވަނަ ރައީސްކަން ކުރެއްވާފައިވާ އޮބާމާ ވިދާޅުވާ ގޮތުގައި، ދެ އަހަރެއްހާ ދުވަސްވަންދެން ދުނިޔޭގެ ކޮންމެ ޤައުމެއް އަންހެން ބޭފުޅަކު ހިންގައިފިނަމަ ހުރިހާ ކަމެއްވެސް ރަނގަޅުވެގެންދާނެއެވެ. ސިޔާސީ ދާއިރާއިން ފެނިގެން ހިނގައިދާނެތޯ އޮބާާމާއާ ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ، ވަގުތު ޖެހުނީމާ އެކަންވެސް ކުރައްވާނެ ކަމަށެވެ.

ވެރިކަމަށް ފަހު އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ގެންދަވަނީ ޒުވާން ލީޑަރުންނަށް ޚާއްޞަކޮށްގެން ފައުންޑޭޝަނެއް ހިންގަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް