ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 13:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޔޫސުފް ސޮފްވާން ރަޝީދު
ވިއަވަތި ރާއްޖެ
ބަޖެޓު ހެޔޮގޮތުގައި ބޭނުންކުރުމަށް ކައުންސިލްތަކަށް ރައީސް ނަޝީދުގެ އިލްތިމާޒް
 
ކޯޑުތަކުގެ ތެރޭގައި އަދަދެއް ޖަހައިގެން، އެ އަދަދުތަކުގެ ތެރޭގައި ހުރި ކަންކަމަށް ޕްރޮގްރާމެއް ހެއްދެވުމަށް ވެސް ވިދާޅުވި
 
ބަޖެޓު ރާވާއިރު މިނިސްޓްރީން ދީފައިވާ ކޯޑުތަކުން ބޭރުނުވާނޭހެން ރޭވުމަށް އިލްތިމާޒް ކުރެއްވި

ކޮންމެ ރަށަކަށް ފިނޭންސް މިނިސްޓްރީއިން އެކުލަވާލި ބަޖެޓު ކޯޑުތަކުން ބޭރުނުވެ، އަންނަ އަހަރު ރަށްރަށުގެ ބަޖެޓު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާޒްކުރައްވައިފިއެވެ.

ހޯމަ ދުވަހު އޮތް "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ކޮންމެ ރަށެއްގެ ބަޖެޓު ވަކިން އެކުލަވާލައްވާފައި ކަމަށެވެ. އަދި އެއީ މިނިސްޓްރީއިން ކޮށްދެއްވީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ނަޝީދު ވަނީ މިނިސްޓަރަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.

ނަޝީދު ވިދާޅުވީ ކައުންސިލްތަކުން އެ ރަށުގެ ބަޖެޓު ރާވާއިރު މިނިސްޓްރީން ދީފައިވާ ކޯޑުތަކުންބޭރު ނުވާނޭހެން ރޭވުމަށެވެ. އަދި ކޯޑުތަކުގެ ތެރޭގައި އަދަދެއް ޖަހައިގެން، އެ އަދަދުތަކުގެ ތެރޭގައި ހުރި ކަންކަމަށް ޕްރޮގްރާމެއް ހެއްދެވުމަށް ކައުންސިލްތަކަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ބަޖެޓު ރާއްވަވާއިރުގައި މިނިސްޓްރީގެ އެ ކޯޑުތަކުގެ ބޭރަށް ވަޑައިނުގަންނަވައްޗޭ. އޭގެ ތެރޭގައި އަދަދުތަކެއް ޖަހައިގެން އެއަދަދުތަކުގެ ތެރޭގައި ހުރި ކަންކަމަށް ޕްރޮގްރާމެއް ހައްދަވާށޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކްރޮސްރޯޑް މޯލްޑިވްސްގައި ބާއްވާ "ވިއަވަތި ރާއްޖެ"ގެ ނަމުގައި ހުރިހާ ކައުންސިލްތަކުން ބައިވެރިވާ މަހާސިންތާގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެފައިވެއެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަކުގެ ރައީސުންގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުން ވަނީ މި މަހާސިންތާގައި ބައިވެރިވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް