ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 12:53
މިނިސްޓަރު ޝާހިދާއި ޖަރުމަނުގެ އެމްބެސެޑަރ ޖޯން ރޯޑް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިނިސްޓަރު ޝާހިދާއި ޖަރުމަނުގެ އެމްބެސެޑަރ ޖޯން ރޯޑް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ޖަރމަން ޝެންގެން ވިސާ
ޖަރުމަނުގެ ޝެންގެން ވިސާ ރާއްޖެއިން ލިބޭގޮތަށް ހަމަޖައްސައިފި
 
ދުނިޔޭގެ 84 ގައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭ
 
ޔޫރަޕުގެ އެހެން ގައުމުތަކަށް ދެވޭގޮތް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން
 
ޖަރުމަނަށް ދާން ބޭނުންވާ ދިވެހިންނަށް ލުއިފަސޭހަތައް ލިބޭނެ

ޖަރުމަނުވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ރާއްޖެއިން "ޝެންގެން ވިސާ" ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

މިކަން އިއުލާންކޮށްފައި ވަނީ އާދިއްތަ ދުވަހު، ހާރިޖީ ވަަޒީރާ އަބްދުﷲ ޝާހިދާއި ޖަރުމަނުގެ އެމްބެސެޑަރ ޖޯން ރޯޑް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން އަންނަ އަހަރުގެ މަރޗް މަހުން ފެށިގެން މި ވިސާ ރާއްޖެއިން ލިބޭ ގޮތް ހަމަަޖެހިގެންދާނެއެވެ.

ރާއްޖެއިން ޝެންގެން ވިސާ ލިބޭގޮތް ހަމަޖެހުމާއި ގުޅިގެން ޖަރުމަނަށް ދާން ބޭނުންވާ ދިވެހިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެއެވެ. މިހާރު ދިވެހިން ޔޫރަޕުގެ ގައުމަކަށް ދާން ބޭނުންވާނަމަ ވިސާ ޖަހަން ދާން ޖެހެނީ، އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮޅުނބަށެވެ.

ޝެންގެން ވިސާގައި ޖަރުމަނަށް އެކަނި ދެވޭ ގޮތަށް ފުރަތަމަ ހަމަޖެހުނަސް، ކުރިޔަށް އޮތް ތަނުގައި ޔޫރަޕުގެ އެހެން ގައުމުތަކަށް ދެވޭގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް ޔޫރަޕުގެ އިއްތިހާދާއި، ޔޫރަޕުގެ ގައުމުތަކާއި ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ޚިދުމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭން
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ރާއްޖެއިން ޝެންގެން ވިސާ ދޫކުރުމުގެ ޚިދުމަތް ފަށަނީ މާރޗް މަހުން ފެށިގެންކަމުން، އަންނަ އަހަރު ޖަރުމަންވިލާތުގެ ބަރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ބައިވެރިވުމަށް އެގައުމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުޔެއް ހޯދައިދިނުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ޖަރމަން ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ކްލިނިކެއް ހިންގުމަށް ހަމަޖެހިފައިވާކަންވެސް ޖަރުމަންވިލާތުގެ ސަފީރު ވަނީ އިއުލާންކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ، ޝެންގެން ވިސާ ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސަވާކަމަށްޓަކައި ޖަރުމަންވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މިހާރުވެސް ދުނިޔޭގެ 84 ގައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވެއެވެ. މި އަހަރު އެކަނިވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ހޯދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު