ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ފިޝަރީޒް މިނިސްޓްރީ

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ފަށައިފި

  • މިއީ 34 ވަނަ ބައްދަލުވުން
  • މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ
  • މިމަހުގެ 19 އަށް ބައްދަލުވުން ކުރިއަށްދާނެ

ކ. މާލެ | 16 ޑިސެންބަރ 2019 | ހޯމަ 10:11 | 2,717

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގެ ތެރެއިން - ރާއްޖެއެމްވީ

ރާއްޖޭގައި 34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ފަށައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށްދާ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު ޝަރަފުވެރިކޮށްދެއްވާ ވިދާޅުވީ 2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ އިންފޯފިޝް ގަވަރނިންގއާ ގުޅޭ ހުށަހަޅާފައިވާ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެ ކަމަށާއި، ރަނގަޅު ނިންމުންތަކެއް ނިންމޭނެ ކަމަށެވެ. އަދި މިދާއިރާ ކުރިއެރުވުމަށް އެކިގައުމުތަކުން ފޯރުކޮށްދެވޭނެ އެހީތެރިކަމާމެދު މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން މިމަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ 14 ޑިސެމްބަރ ވަނަ ދުވަހުއެވެ. ގަވަރނިންގ ކައުންސިލްގެ ބައްދަލުވުމުގައި އިންފޯފިޝްގެ 7 މެމްބަރު ގައުމުން ބައިވެރިވެއެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމުއިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެމްބަރު ގައުމު އެކުލެވެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަގްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

މިއަހަރު ރާއްޖޭގައި މިބާއްވާ އިންފޯފިޝްގެ ގަވަރިނިންގ ކައުންސިލްގައި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނޭޝަނަލް 2 އޮބްސަރވަރުން ބައިވެރިވެއެވެ.

ދުނިޔޭގައި ކަނޑުމަހުގެ މަސްވެރިކަމާގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރަނީ އިންފޯފިޝްއިންނެވެ. އިންފޯފިޝް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ 2 އަހަރަކުން އެއް އަހަރު އިންތިޒާމުކުރަމުން ގެންދާ އިވެންޓެކެވެ.

މީގެއިތުރުން އިންފޯފިޝް އިން މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ބައެއް ޕްރޮޖެކްޓްތައް، އެހެން ބައެއް، އެހީ ދޭ ޖަމްއިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެއެވެ. އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗަރގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެމްބަރު ޤައުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.