ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 09:10
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
މުއިއްޒު
މާލެ "މުއިއްޒު" ކުރަން، މުއިއްޒު މޭޔަރު ކަމަށް ކުރިމަތިލަނީ
 
ކުރިއަށް އޮތް ތާގައި ކައުންސިލް އިންތިހާބަށް ކެމްޕެއިން ދަތުރުތައް ފައްޓަވާނެ ކަމަށް އަދުރޭ ވިދާޅުވި
 
އެ މަގާމަށް މުއިއްޒު ނިކުންނަވާނީ 'މާލެ މުއިއްޒު' ކުރުމުގެ ޝިއާރުގެ ދަށުން

އަންނަ އަހަރުގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލާނެ ކަމަށް އިދިކޮޅު ކޯލިޝަނުން އިއުލާނުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މާލެ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނީ އެކަމުގެ ވިސްނުން ހުރި ބޭފުޅަކު އެމަގާމަށް އިންތިޚާބުކޮށްގެން ކަމަށެވެ.

އަދުރޭ ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ކުރިމަތިލައްވާނެ ކަމަށެވެ. އަދި އެ މަގާމަށް މުއިއްޒު ނިކުންނަވާނީ "މާލެ މުއިއްޒު" ކުރުމުގެ ޝިއާރުގެ ދަށުން ކަމަށެވެ. މުއިއްޒު އެ މަގާމަށް ކުރިމަތި ލައްވާކަން އިއުލާނު ކުރައްވަމުން އަދުރޭ ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެހެން ވެސް މާލެ "މުއިއްޒު" ކުރަން ޖެހޭ ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން "މުއިއްޒު" ވެފައި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފާޑުކިޔަމުންދިޔައެވެ. މި ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ވަރަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތާގައި މި އިންތިހާބަށް ކެމްޕެއިން ދަތުރުތައް ފައްޓަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
0%
0%
80%
0%
0%
ކޮމެންޓް