އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ދުނިޔެ - ނޭޕާލް އެކްސިޑެންޓް

ނޭޕާލްގައި ބަހެއް ފުރޮޅާލައި 14 މީހަކު މަރުވެއްޖެ

  • ހާދިސާ ހިނގި އިރު ބަހުން 32 ފަސިންޖަރުން ދަތުރުކުރަމުން ދިޔަ
  • މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭ
  • އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 16 ޑިސެންބަރު 2019 | ހޯމަ 09:13 2,427

ނޭޕާލްގައި ހައިވޭއެއްގައި ދުއްވަމުންދިޔަ ބަހެއް ފުރޮޅާލުން - އަލްޖަޒީރާ

ނޭޕާލްގައި ހައިވޭއެއްގައި ދުއްވަމުންދިޔަ ބަހެއް އާދިއްތަ ދުވަހު ފުރޮޅާލައި 14 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގި އިރު ބަހުން 32 ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. އެގޮތުން މިއީ ހިމާލިޔާ ސަރަޙައްދުގައި މިފަހުން ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯރޓް ކޮށްފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން 12 މީހުންގެ ހަށިގަނޑު ފެނުނުއިރުވެސް އެމީހުން މަރުވެފައިވާ ކަމަށާއި، ދެން ތިބި ދެމީހުން މަރުވެފައިވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާދެމުން ގެންދަނިކޮށް ކަމަށް އެ ޤައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯރޓްކޮށްފައެވެ. އެގޮތުން މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުނު 18 މީހަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރޭގައި ބަސް ދުއްވި ޑްރައިވަރު ހިމެނޭކަން ނުވަތަ ނޫންކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، މިއީ ފަރުވާ ކުޑަކޮށް ދުއްވުމުގެ ސަބަބުން ދިމާވި އެކްސިޑެންޓަކަށް ވުން އެކަށީގެންވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ނޭޕާލުގެ ފަރުބަދަމަތީ ސަރަހައްދުގެ މަގުތަކުގައި މިކަހަލަ ހާދިސާތައް ހިނގުމަކީ އާއްމު ކަމެކެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުވެސް އެފަދަ ހާދިސާއެއް ހިނގައި 18 މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް