ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 01:59
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރެއްވުން
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރެއްވުން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
އިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރު އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރައްވައިފި
 
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ހުށައަޅާފައިވަނީ އެންމެ ރިޕޯރޓެއް
 
ޝަރުޢީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރެއް ކަމަށް ނިންމާފައިވޭ
 
ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބާތިލު ކުރުމަށް އެދިފައިވޭ

ޝަރުއީ ދާއިރާގެ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާނާއި ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ފިޔާޒް ވަނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު" ގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާ ޚިލާފަށް ޝަރުއީ ދާއިރާއިން ނިންމާފައިވާ ނިންމުންތައް ބާޠިލުކޮށް ދެއްވުމަށާއި، އެ ޤާނޫނު ޝަރުޢީ ދާއިރާއިން ފުރިހަމައަށް ތަންފީޒުކޮށް ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނުގައި ދަޢުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަވަންޖެހޭނެ ކަމާށާއި ކޮންމެ އިދާރާއަކުން ވެސް މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2014 ވަނަ އަހަރު ނޮވެންބަރު މަހު ނިންމަވާފައި ވަނީ، ޝަރުޢީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރެއް ކަމަށާއި އަދި އެންމެ މުރާޖަޢާ ކޮމިޓީއެއް ކަމަށެވެ.

އޭގެ އިތުރުން، ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަހަރީ ރިޕޯޓު ދައުލަތުގެ ކޮންމެ އިދާރާއަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަންޖެހޭއިރު، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ހުށައަޅާފައިވަނީ އެންމެ ރިޕޯރޓެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝަރުޢީ ދާއިރާގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ހެދުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، އެ މަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒު ބައިވެރިވެވަޑައިގެންނެވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް