ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 00:07
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
ރާއްޖެއެމްވީ
ބަންޑާރަ ނައިބު
ނުނިމި ލަސްވާ މައްސަލަތައް ރިވިއު ކުރުމަށް ޕީޖީން ނިންމި ނިންމުމަށް ބަންޑާރަ ނައިބު މަރުޚަބާ ވިދާޅުވެއްޖެ
 
ބަންޑާރަ ނައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިމާންޑް ކޭސްތައް އަވަހަށް ރިވިއުކުރުން ކަށަވަރުވާ މި ހަރުފަތުން ޖިނާޢީ އިޖުރާޢަތުގެ މުހިންމު މަޤްސަދެއް ހާސިލް ވެގެންދާ ކަމަށް
 
ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ވާނުވާ ޖަހާފައި ތިބި 256 މައްސަލަ އެއް އެ އޮފީހުން އަލުން މުރާޖާކުރާނެ ކަމަށް

ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހަމަޖެއްސުމާއި ގުޅިގެން އެކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު މަރުޚަބާ ވިދާޅުވެއްޖެ އެވެ.

ދައުވާ ކޮށްފައިވާ މައްސަލަތަކާއި ތަހުޤީޤު މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް ޚާއްޞަ ކޮމިޓީއެއް އެ އޮފީހުން ވަނީ އުފައްދާފަ އެވެ. މި ކޮމިޓީގެ މެންޑޭޓްގެ ތެރެއަށް ވަނީ ދަޢުވާ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތު ކުރެވިފައިވާ މީހުންގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވެފައި ހުރި މައްސަލަތައް ވެސް އިތުރުކޮށްފަ އެވެ.

އެކަމާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ އާދިއްތަ ދުވަހު ބަޔާނެއް ނެރެފައެވެ. އެބަޔާން ޓްވީޓް ކުރައްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ވާނުވާ ޖަހާފައި ތިބި 256 މައްސަލަ އެއް އެ އޮފީހުން އަލުން މުރާޖާކުރާނެ ކަމަށެވެ. ނަމަވެސް ސީރިޔަސް މައްސަލަތަކުގައި ތިބި ކުށްވެރިން ދޫކޮށްލުމަށް ނޭދޭނެ ކަމަށާއި ޕީޖީން ކޯޓުގައި އެދޭނީ މި މައްސަލަތައް އަވަހަށް ނިންމާދިނުމަށް ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ޤާނޫނުގައި ބުނާގޮތުގެ މަތިން ޝަރީޢަތްތައް ކުރިޔަށްގެންދާނެ ޓައިމްލައިނެއް އެކުލަވާލުމަށްވެސް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

ޕީޖީގެ މިޓްވީޓަށް އިޝާރާތްކުރައްވާ ބަންޑާރަ ނައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިމާންޑް ކޭސްތައް އަވަހަށް ރިވިއުކުރުން ކަށަވަރުވާ މި ހަރުފަތުން ޖިނާޢީ އިޖުރާޢަތުގެ މުހިންމު މަޤްސަދެއް ހާސިލް ވެގެންދާ ކަމަށެވެ. އަދި ނުހައްޤުން ހައްޤުތަކާއި އިނާޔަތްތައް ނިގުޅައި ގަތުމުން ހިމާޔަތް ކޮށްދޭ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެ އެވެ.

ޕީޖީ އޮފީހަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ އެކަމަށް އެދޭ ފޯމު ޕީޖީ އޮފީހުންނާއި އެއޮފީހުގެ އަތޮޅު ތެރޭގެ ބިއުރޯތަކާއި ޖަލުތަކާއި އެ އޮފީހުގެ ވެބްސައިޓުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިންނާއި ޕޮލިސް އިން ޤާއިމުކޮށްފައިވާ ސްޓޭޝަންތަކުންނާއި ކަރެކްޝަނަލް ސަރވިސްއުން ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް