ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 23:59
ރާއްޖެ ޓީވީގެ 9 ވަނަ އަހަރީ ދުވަހު ބޭއްވި ހަފްލާގައި މެޑަމް ފަޒްނާ ވާހަކަ ދައްކަވަނީ
ރާއްޖެ ޓީވީގެ 9 ވަނަ އަހަރީ ދުވަހު ބޭއްވި ހަފްލާގައި މެޑަމް ފަޒްނާ ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ރާއްޖެޓީވީ
ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަށް އަމާޒުކޮށް މީޑިޔާ ކެމްޕެއިނެއް ފެށުމަށް ފަސްޓްލޭޑީ އެދިވަޑައިގެންފި
 
ފަޒްނާ ވިދާޅުވީ ކުޑަކުދިންނާއި ގުޅުންހުރި ކަންކަމަށް އަމާޒުކޮށްގެން ޕަބްލިކް ސަރވިސް ކެމްޕެއިނެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށް
 
މިވަގުތު ރާއްޖޭގެ މަޝްރަހަށް ބަލާލާއިރު ކުޑަކުދިންނާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެންދާ ކަމަށް ފަޒްނާ ވިދާޅުވި

ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަށް އަމާޒުކޮށްގެން މީޑިޔާ ކެމްޕެއިނެއް ކުޑަކުދިންގެ ހައްގުތަކަށާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ފައްޓަވައިގެން ކުރިޔަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އެދިވަޑައިގެންފި އެވެ.

ރާއްޖެ ޓީވީގެ 9 އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރު ގޭގައި ކުރިޔަށްދިޔަ ޚާއްސަ ހަފްލާގައި ޝަރަފްވެރިމެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާއިރު އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުރިޔަށް ވުރެ ބޮޑަށް ލިބިފައިވާއިރު ކޮންމެސް ކަމަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަމުގެ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ގެނެސްދޭ ކެމްޕެއިނެއް ފެށުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުވެ ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމަށް ސަމާލުކަންދޭ މިންވަރު ބޮޑުވެގެން ހިނގައިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ފަޒްނާ ވިދާޅުވި އެވެ.

އެގޮތުން މިވަގުތު ރާއްޖޭގެ މަޝްރަހަށް ބަލާލާއިރު ކުޑަކުދިންނާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެންދާ ކަމަށާއި އެކަންކަމަށް އަމާޒުކޮށްގެން ދިގުމުއްދަތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ގެނެވިދާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

މިގޮތުން މިހާރުވެސް އެތައް ކަމެއް އަޅުގަނޑަށް ލިސްޓު ކޮށްލެވިދާނެ. އެއީ ގޭތެރެ ވިޔަސް ނޫނީ ދައުލަތުން ބަލަހައްޓާ ކުދިން ކަމަށްވިޔަސް ސްކޫލުން ކަމަށްވިޔަސް އެކަމަށް ފޯކަސް ކޮށްގެން އަޅުގަނޑު ހިތަށް އަރަނީ މީޑިޔާއިން ކުޑަކުދިންނާ ބެހޭ ކަންތައްތައް ގެނެވިދާނޭ. މިސާލަކަށް އަޅުގަނޑު ހިތަށް އަރަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ބައިތިއްބާ މަރުކަޒުތަކާ މެދު އެކަނި ވިސްނާލިޔަސް އަޅުގަނޑު ހިތުން ދެތިން ހަތަރު ޕްރޮގްރާމެއް ހެދޭނެ. ކޮބައިތޯ މިމަރުކަޒުގެ ކެޕޭސިޓީއަކީ ، ކުދިން ތިބީ އެތަނަށް ކަތާ ވަރަށްތޯ؟ ކޮބައިތޯ ސްޓާފުން ނާއި ކުދިންގެ ރޭޝިއޯ،..ކުދިން ބަލަހައްޓާނެ މައުލޫމާތާއި ހުނަރު ސްޓާފުންގެ ހުރޭތޯ؟
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު

ފަޒްނާ ވިދާޅުވީ ކުޑަކުދިންނާއި ގުޅުންހުރި ކަންކަމަށް އަމާޒުކޮށްގެން ޕަބްލިކް ސަރވިސް ކެމްޕެއިނެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. މިހާރުވެސް އެފަދަ ކެމްޕެއިންތައް ކުރިޔަށްދާކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ މިފަދަ މެސެޖްތައް ދެވޭނީ ރޭވިގެން ވިސްނުންތެރިކަމާއެކު ކަމަށެވެ.

މީގެއިތުރުން ފަޒްނާގެ ވާހަކަފުޅުގައި ވަނީ ރާއްޖެ ޓީވީގެ މުވައްޒަފުން ވޭތުވެގެން ދިޔަ ދުވަސްތަކުގައި ހޭދަކޮށްފައިވާ ދަތި އުނދަގޫ ދުވަސްތައް ފާހަގަކުރައްވާ އެކަންކަމުން އަރައިގަތުމަށް މުވައްޒަފުން ގެންގުޅުނު އެޓިޓިޔުޑް ފާހަގަކުރައްވާފަ އެވެ. ރާއްޖެޓީވީ އަކީ "ބަދަލުގެނެސްދޭ" އަދި މީހުންނާ ހިސާބަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އަމިއްލަ ފުރާނަ އަތްމައްޗައް ލައިގެން މަސައްކަތް ކުރި މުވައްޒަފުން ތަކެއް ތިބި ތަނެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.

އަދި އޭރު މަސައްކަތްކުރަން ޖެހިފައި އޮތް ބިރުވެރިކަމާއެކުވެސް ޕްރޮގްރާމްތަކުގައި މަޖާ ނުވަތަ ހިއުމާ ބޭނުން ކޮށްފައިވާކަން އެއީ އެ ހާސްކަމާ ނުރައްކާތެރިކަމުގެ ތެރޭން ރާއްޖެޓީވީ ސަލާމަތްވި މައިގަނޑު ސަބަބުކަމަށް ޤަބޫލުކުރެވޭކަމުގައި އެކަމަނާ ވިދާޅުވިއެވެ. ފަޒްނާ ވިދާޅުވީ އޭރު ހުރި ގޮންޖެހުންތަކާ އެ މާހައުލު މިހާރު ނެތްނަމަވެސް، މިހާރުގެ ކަންކަން ރިޕޯޓް ކުރުމުގައި ވެސް ރާއްޖެޓީވީ އޭ ބުނުމުން އެސިފަވާ ރޫޙުގައި ރާއްޖެޓީވީގެ މުވައްޒަފުން މަސައްކަތް ކުރެއްވުމަކީ އެކަމަނާ ޤަބޫލުކުރައްވާ އަދި އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި