ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 16:54
ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ޒާހިދު ރަމީޒު
ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ޒާހިދު ރަމީޒު
ޓްވިޓަރ
ޔާމީން ރަޝީދު މަރު
ޔާމީން ރަޝީދުގެ މަރު: ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ހާޒިރު ކުރަނީ!
 
7 ހެއްކެއްގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދިފާއުން ފާހަގަކުރި
 
ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު
 
މިމައްސަލާގައި ހުކުމް ކުރުން ޖެނުއަރީ 30 ވަނަ ދުވަހު

ރަހުމުކުޑަގޮތަކަށް މަރާލަފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރެއް ކަމަށްވާ ޒާހިދު ރަމީޒު ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް ނިންމައިފިއެވެ.

ޔާމީނުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މައްސަލައިގައި ދަޢުވާ އުފުލާފައިވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފަރާތުން ހުށައަޅާފައިވާ 11 ހެކިންގެ ތެރެއިން 7 ހެއްކެއްގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް މި އަޑުއެހުމުގައި ހައިޝަމްގެ ވަކީލު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދައުލަތުން ހައިޝަމްއާއި ދެކޮޅަށް އެކަށީގެންވާ ހެކި ހުށައަޅާފައި ނުވާކަން ފާހަގަކޮށް، ވަކީލު ވަނީ 7 ހެއްކެއްގެ ހެކިބަސް ނުނަގައި ކުރިއަށް ދިއުމަށް އެދިފައެވެ.

ހައިޝަމްގެ ވަކީލު އިތުރަށް ވިދާޅުވީ، ބާކީ ތިބި 4 ހެކިންނަކީ ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާ ފަރާތްތަކެއް ކަމަށާއި، ވުމާއެކު އެ ފަރާތްތަކުގެ ހެކިބަސް ނެގުމަށް އެ ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަށް އެދިލައްވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ އެޑްރެސް ދިފާޢަށްވެސް ނޭނގޭތީ އެ ފަރާތްތައް ހާޒިރު ކުރުމަށް ފުލުހުންގެ އެހީތެރިކަން ހޯދައިދިނުމަށް ވަކީލު އެދިފައިވެއެވެ. އަދި އެ ފަރާތްތައް ރުހުމުގައި ކޯޓަށް ހާޒިރުނުވާނެކަން ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ.

އެކަންކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވަނީ ދިފާއީ ހެކިން ހުށައެޅުމަކީ ދިފާއުގެ އަމިއްލަ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ޒާހިދު ރަމީޒު ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް ނިންމަވާފައެވެ. ސަބަބަކީ ދެން ތިބި ތިން ހެކިންނާއި ޚިލާފަށް ޒާހިދު ރަމީޒުގެ އެޑްރެސް ދިފާޢުގެ ލިއެކިއުންތަކުގައި ހުށައަަޅާފައިވާތީއެވެ.

މަރާލަފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު

ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ ޒާހިދު ހާޒިރު ކުރުމަށް ކޯޓު އަމުރު ނެރުމަށް ޝަރީޢަތުން ނިންމާފައިވާއިރު، މިއަހަރުގެ ކުރީކޮޅު މަރު ކޮމިޝަނުންވެސް ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޒާހިދު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން އޭރު ކޮމިޝަނުން ޒާހިދުއާއި ސުވާލުކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓުތަކަކާއި ގުޅިގެންނެވެ.

ނަމަވެސް ދެން ތިބި 3 ހެކިން ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމާއިމެދު ޝަރީއަތުން ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު މިމައްސަލާގައި ޙުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ތާވަލު ކުރެވޭނެ ކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް