ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 16:29
ތައިލެންޑްގައި މިހާރު ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
ތައިލެންޑްގައި މިހާރު ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
ތައިލެންޑް
ތައިލެންޑްގެ އިދިކޮޅު ޕާޓީ އުވާލަން ނިންމުމާއެކު އެތައް ބަޔަކު މަގުތަކަށް
 
ތައިލެންޑްގެ އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެ ގައުމުގެ އިންތިޚާބުތަކާއި ބެހޭ ޤާނޫނާ އެފް.އެފް.ޕީ ޚިލާފުވެފައިވާ ކަމަށް

ތައިލެންޑްގެ އިދިކޮޅު ޕާޓީ ފިޔުޗަރ ފޯވަރޑް ޕާޓީ (އެފް.އެފް.ޕީ) އުވާލާނެ ކަމުގެ ބިރު ހީވުމާއެކު އެޕާޓީއަށް ތާޢީދުކޮށް އެތައް ބަޔަކު މަގުތަކަށް ނިކުމެއްޖެ އެވެ.

ހޮނިހިރު ދުވަހު ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ ޤައުމުގެ އިންތިޚާބުތަކާއި ބެހޭ ޤާނޫނާ އެފް.އެފް.ޕީ ޚިލާފުވެފައިވާ ކަމަށެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ލީޑަރ އަތުން ލޯނެއް ނަގާފައިވާ ކަމަށް ބުނެއެވެ. މި މައްސަލަ މިހާރު ވަނީ އެޤައުމުގެ ކޮންސްޓިޓިޔުޝަނަލް ކޯޓުގަ އެވެ.

2018 ވަނަ އަހަރު އުފެދުނު އެފްއެފްޕީ ވަނީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ތިން ވަނައަށް އައިސްފަ އެވެ. އެފްއެފްޕީ އުވާލަން ނިންމުމާއެކު ތައިލެންޑްގެ މަގުތަކުގައި ކުރިޔަށްދާ އެއްވުންތަކަކީ 2014 ވަނަ އަހަރު އެޤައުމުގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކަށްފަހު އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތް އެއްވުން ކަމަށް މީޑިޔާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
40%
0%
60%
0%
0%
ކޮމެންޓް