ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 17:20
ރާއްޖެ ޓީވީގެ ސްޓާފުން
ރާއްޖެ ޓީވީގެ ސްޓާފުން
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖެޓީވީ
ރާއްޖެ ޓީވީގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މިރޭ
 
މިހަފްލާގައި ފާއިތުވި އަހަރު ރާއްޖެ ޓީވީން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ފަރާތްތަކަށް އެވޯރޑް ދިނުމަށް ވަނީ ހަމަޖެހިފައި
 
ރާއްޖެ ޓީވީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ޚާއްސަ ހަފްލާއެއް އޮންނާނެ

ރާއްޖެޓީވީ ގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ރާއްޖެ ޓީވީ ނައިޓްގެ ނަމުގައި ޚާއްސަ ހަފުލާ އެއް އޮންނާނެ އެވެ.

މިރޭ 8:45 ގައި ދަރުބާރުގޭގައި އޮންނަ މި ޚާއްސަ ހަފުލާ ރާއްޖެ ޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ފަސްޓް ލޭޑީ މެޑަމް ފަޒުނާ އަހުމަދެވެ. މިހަފުލާގައި ފާއިތުވި އަހަރު ރާއްޖެ ޓީވީން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ފަރާތްތަކަށް އެވޯރޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަކީ އެންމެ ހާޒިރީއަށް ރަނގަޅު މުވައްޒަފާއި، ފާއިތުވި ފަސް އަހަރު ތެރޭގައި ދުވަހަކުވެސް ގަޑިނުޖެހި، ސަލާން ބުނެފައި ނުވާ މުވައްޒަފާއި، ފާއިތުވި އަހަރު އެންމެ މޮޅު އުފެއްދުން އުފެއްދި މުވައްޒަފެވެ. މީގެއިތުރުން އެންމެ މޮޅު ކެމެރާމަނާއި، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު ޕްރެޒެންޓަރ އަދި އެންމެ މޮޅު ނިއުސް އެންކަރާއި، އެންމެ މޮޅު އޮން އެއަރ އޮޕަރޭޓަރަށްވެސް އެވޯޑް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން ކިޔުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ލިޔުންތެރިޔާ އާއި ކިޔުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ލިޔުން އަދި އެންމެ ގިނަ އަރޓިކަލް ލިޔުނު ލިޔުންތެރިޔާއަށްވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ މޮޅު ލިޔުމާއި އެންމެ މަޤުބޫލު ފޮޓޯ ސްޓޯރީ އާއި އިނޮވޭޝަން އަދި އެންމެ އުންމީދީ މުވައްޒަފާއި ސްޓާފް އޮފް ދަ އިޔަރ އަށްވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ ޓީވީއަށް 9 އަހަރު ވެގެންދާއިރު ރާއްޖެޓީވީއަށް ވަނީ އެކި ގޮތްގޮތުން ގޮންޖެހުންތަކާ މީގެ ކުރިން ކުރިމަތިވެފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފާސްވެގެންދިޔަ އަބުރުގެ ޤާނޫނާއެކު އެކި ފަހަރު މަތިން ރާއްޖެ ޓީވީ ވަނީ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.

އެކި ފަހަރު މަތިން ރާއްޖެޓީވީ ކުރި ޖޫރިމަނާގެ ޢަދަދު 3.7 މިލިއަން ރުފިޔާއަށް އަރައެވެ. މިފައިސާ ދައްކާފައިވަނީ މުއައްޒަފުންނާއި، ރާއްޖެޓީވީގެ ބެލުންތެރިންނާއި، ޢާންމު ރައްޔިތުންގެ މަސައްކަތުންނެވެ. އަދި ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިން ވަނީ ޖަލަށްލާ ދައުވާވެސް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް