ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 15:49
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
މެމްބަރު އަބްދުﷲ ޖާބިރު
ރައީސް ސާލިހުގެ މައްޗަށް ޖާބިރު ކުރެއްވި ތުހުމަތު: ބަޔާން ދެއްވަން ޖާބިރު ދެކޮޅު ހައްދަވައިފި
 
އޭސީސީން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން
 
މިހާރު ޗިޓާ ހަވާލުވުމަށް ގުޅުއްވަމުން ގެންދަވާ ކަމަށް ޑީއާރުޕީން ބުނޭ
 
ޖާބިރު ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މައްޗަށް، ރައްޔިތުންގެ މަޖިލީުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ތުހުމަތުތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަޔާން ދެއްވުމަށް ޖާބިރު ދެކޮޅު ހައްދަވައިފި އެވެ.

ޑީއާރުޕީން އާދިއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މައްޗަށް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަށް ބަޔާން ދިނުމަށް ގުޅުއްވުމުން އެކަން ނުކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ޖާބިރު ވިދާޅުވުމުން، މިހާރު އޭސީސީއަށް ހާޒިރުވުމަށް ޗިޓެއް ރައްދުކުރުމަށް ގުޅާފައިވާ ކަމަށެވެ.

ޑީއާރުޕީން ކޮށްފައިވާ އެ ޓްވީޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ޓެގް ކުރައްވާފައި ވެއެވެ.

ޤާނޫނު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ދައްކަވާ ވާހަކައަކާއި ނުވަތަ ވޯޓު ދެއްވާ ގޮތަކާމެދު، އެއްވެސް ފަރާތަކުން އެމައްސަލައެއް ނުބެލޭނެ ކަމަށް ބުނެފައި ވެއެވެ. އޭސީސީން ވަނީ ރައީސް ޞާލިހުގެ މައްޗަށް ޖާބިރު ކުރެއްވި ތުހުމަތާ ގުޅޭ މައްސަލައެއް އެކޮމިޝަނުން ބަލަމުންދާކަމަށް މީގެކުރިން ބުނެފަ އެވެ.

ޖާބިރު، ރައީސް ޞާލިހުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާ ވާހަކަ ދައްކަވާފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ޖާބިރު ވަނީ ރައީސް ޞާލިހާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ވައްކަމުގެ ތުހުމަތުތައް ކުރައްވާފައެވެ.

ޖާބިރު ވަނީ، ރައީސް ޞާލިހާއި ޝާހިދު އަދި އަމީރު މަޤާމު ހޯއްދެވީ ރިޝްވަތު ދެއްވައިގެން ކަމަށާއި، ރައީސް ޞާލިޙް މަޖިލީހަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
75%
13%
0%
13%
0%
0%
ކޮމެންޓް