ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 15:32
މާލެ-ތިލަފުށި ބްރިޖާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި މަހާސިންތާ ތެރެއިން
މާލެ-ތިލަފުށި ބްރިޖާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި މަހާސިންތާ ތެރެއިން
ރާއްޖެއެމްވީ
ގުޅީފަޅު ބްރިޖް
ގުޅީފަޅު ހިއްކުމުގެ މަސައްކަތް އޭޕްރީލްއަށް ނިންމައި، ބްރިޖުގެ މަސައްކަތް ފަށާނީ
 
ޓެންޑަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި
 
ބްރިޖުގެ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައި

ގުޅީފަޅު ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމައި، މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލެ-ތިލަފުށި ބްރިޖާއި ގުޅޭގޮތުން ސަރުކާރު ހިއްސާާވާ ކުންފުނިތަކަށް މައުލޫމާތު ދިނުމަށް އާދިއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މަހާސިންތާގައި ބްރިޖުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރުން ސާވޭކޮށް، އިއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަސް ނިމެންވާއިރަށް ގުޅީފަޅު ހިއްކާ ނިންމާލެވޭނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މިހާރު ކުރަމުންދަނީ ބްރިޖަށް ބޭނުންވާ ޑިޒައިން މަސައްކަތާއި، ޓެންޑަރ ކުރުމަށް ކުރަން ޖެހޭ މަސައްކަތެވެ.

އަންނަ އަހަރުގެ އޭޕްރީލް މަސް ނިމެންވާއިރަށް ބިން ހިއްކުމުގެ މަސައްކަތް ނިމިގެންދާނެ. އަަޅުގަނޑުމެން އުއްމީދު ކުރަމުން މިދަނީ މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ބްރިޖުގެ މަސައްކަތްވެސް އަމަލީ ގޮތެއްގައި ފެށޭނެ ކަމަށް.
ޕްލޭނިން މިނިސްޓަރު ~ މުހައްމަދު އަސްލަމް~

އަސްލަމް ވިދާޅުވީ، ޑިޒައިންގެ އެއްވެސް ކަމެއް އަދި މިހާތަނަށް ފައިނަލްކޮށްފައިނުވާ ކަމަށާއި، އެކަމަކު ބްރިޖުގެ ލޭން ފުޅާކުރާނީތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ. ވިލިނގިއްޔަކީ އުޅަނދު ފަހަރު ދުއްވާ ރަށަކަށް ނުވާތީވެ ޕްލޭނިން މިނިސްޓްރީގެ ވިސްނުމަކީ ބްރިޖު އެޅިޔަސް ވިލިގިލި އެގޮތަށް ބޭއްވުމަށެވެ.

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ބުރިޖް އެޅުމުގެ މަސައްކަތް ފެށުމަށް 2020 ވަނަ އަހަރުގެ ބަޖެޓްގައި 411 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
75%
2%
4%
8%
6%
ކޮމެންޓް
15 ޑިސެންބަރ 2019 | އާދީއްތަ 16:25
މި
އަބަދުވެސް ޚިޔާލީ ވާހަކައެއް ދައްކާނީ