އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ބީއެމްއެލް

ބީއެމްއެލްގެ ބްރާންޗެއް ވެލިދޫގައި ހުޅުވައިފި

  • މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރެވޭނެ
  • ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިންގ ޚިދުމަތް ދޭ 3 ބްރާންޗާއި، 3 ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމް ހިމެނޭ
  • ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

ދާނިޝް ނިޡާމް
Dhaanish_Nizam

ކ. މާލެ 15 ޑިސެންބަރު 2019 | އާދީއްތަ 12:19 2,105

ބީއެމްއެލްއިން ނ. ވެލިދޫގައި ބްރާންޗެއް ގާއިމުކުރުން - ބީއެމްއެލް

ބީއެމްއެލްގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. ވެލިދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލަށް ނ. ވެލިދޫގައި ތައާރަފްކުރެވިގެންދިޔަ މި ހިދުމަތާއެކު ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިންގ ޚިދުމަތް ދޭ 3 ބްރާންޗާއި، 3 ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖަންޓުން މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެކަމަށެވެ. އަދި ބީއެމްއެލްގެ އަމާޒަކީ މިހާރު ގާއިމްކުރެވިފައިވާ ބްރާންޗުގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

އަލަށް ހުޅުވިގެންދިޔަ އައު ބްރާންޗުން ލިބޭ ބައެއް ހިދުމަތްތަކުގެ ތަފްސީލު ހިއްސާކޮށް ބީއެމްއެލްއިން ބުނެފައިވަނީ އެކައުންޓް ހުޅުވުމާއި، ޕަރސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭންކު ހުޅުވިފައި ހުންނަ ވަގުތުތަކުގައި މުއައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

ވެލިދޫގައި ގާއިމްކުރެވުނު ބީއެމްއެލް އޭޓީއެމް -- ފޮޓޯ: ބީއެމްއެލް

މި ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހުޅުވުނު އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް