ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 18:47
އައިޝްވަރިޔާ އާއި އޭނާގެ ފިރމީހާ އަބީޝެކް ބަޗަން ފިއުނަރަލް އަށް ދަނީ
އައިޝްވަރިޔާ އާއި އޭނާގެ ފިރމީހާ އަބީޝެކް ބަޗަން ފިއުނަރަލް އަށް ދަނީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ
 
އޭނާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ހަވީރު

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި މިސް ވޯލްޑްގެ ތާޖު ހާސިލްކޮށްފައިވާ  އައިޝްވާރިޔާ ރާއީ ބަޗަން ގެ ބައްޕަ ކްރިޝްނާ ރާޖް ރާއީ މަރުވެއްޖެ އެވެ.

 

ކްރިޝްނާ ރާޖް މަރުވެފައިވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ހަވީރު އެވެ.



ކްރިޝްނާ ރާޖްވަނީ އިންޑިއާގެ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލްގައި މީގެ ދުވަސްކޮޅެއް ކުރިން އެޑްމިޓް ކޮށްފައެވެ. އަދި ހާލު ސީރިއަސް ވުމުން ފަހުން ވަނީ އައިސީއަށް ބަދަލުކޮށްފައެވެ.

 

އައިޝްވާރިޔާގެ އާއިލާގެ ގިނަ ބައެއްގެ އިތުރުން އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަބީޝެކް ބަޗަންގެ އާއިލާގެ މެންބަރުންނާއި  ގިނަ ފިލްމީ ތަރިން ވަނީ  ފިއުނަރަލްގައި ބައިވެރިވެފައެވެ.

 

މީގެ ކުރިން މިދިޔަ ޖެނުއަރީ މަހުވެސް ކްރިޝްނަރާޖް ބަލިވެގެން އެ ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށް ފަރުވާދީފައި  ވެއެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް