ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 09:11
ނޮވެމްބަރ ގެ މަންޒަރުތަކެއް އައްޑޫގައި ޝޫޓްކުރަނީ
ނޮވެމްބަރ ގެ މަންޒަރުތަކެއް އައްޑޫގައި ޝޫޓްކުރަނީ
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ނޮވެމްބަރ ފިލްމު
''ނޮވެމްބަރ'' ގެ ޝޫޓިން އައްޑޫގައި ކުރިއަށް
 
ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު
 
ފިލްމުގެ ބައެއް މަންޒަރުތައް ތުލުސްދޫގައި ނަގާފައިވޭ
 
އައްޑޫގައި ޝޫޓް ކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހު

މޮޅެތި ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑާރކްރެއިން އެންޓަޓެއިންމެންޓުގެ ކުރިޔަށް އޮތް ފިލްމު "ނޮވެމްބަރ" ގެ ޝޫޓިން އައްޑޫގައި ފަށައިފިއެވެ.

ޑާކްރެއިންގެ ފޭސްބުކް ޕޭޖްގައިވާ ގޮތުން އައްޑޫގެ މަންޒަރުތައް ނަގަން ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އައްޑޫގެ ސިޓީގެ ފޭދޫގެ އިތުރުން ހިތަދޫގައި ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކުރަމުންދާ ފޮޓޯތަކެއް އަޕްލޯޑް ކޮށްފައިވެއެވެ.

އެންމެ ފަހުން އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ސިންގަޕޫރުގައެވެ. ސިންގަޕޫރުގެ ހިތްގައިމު ޞަރަޙައްދު ތަކުގައި ކުރިޔަށް ގެންދިޔަ އެ ޝޫޓިންގައި ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ބައިވެރިވިއެވެ. މިއީ ވަޖީހުގެ ދަރިފުޅު ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

"ނޮވެމްބަރު"ގެ މަންޒަރުތައް ކުރިން ވަނީ ކ. ތުލުސްދޫގެ އިތުރުން ލ އަތޮޅުގެ ދެ ރަށެއްގައި ވެސް ނަގާފައެވެ. އޭގެ އިތުރުން މާލޭގައި ފިލްމުގެ ޝޫޓިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އަހްމަދު ތޮލާލާއި، އައިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް އައިޝަތު ފުއާދު އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ ތެރޭގައެވެ. ޑާކްރެއިން އިން އެންމެ ފަހުން ސްކްރީން ކުރީ ކޮމެޑީ ފިލްމު "މާމުއި" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
15 ޑިސެންބަރ 2019 | އާދީއްތަ 16:47
ކަލޯ
މިތާ ކޮމެންޓު ކުރާ މީހަކު ނެތް!!!!!!!!!!!!!!!!