ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ވިޔަފާރި - ނައިޓްމާކެޓް

ނައިޓްމާކެޓް ބާއްވާ އުސޫލު އެޗްޑީސީން އެކުލަވާލައިފި

  • ނައިޓްމާކެޓް ހުޅުމާލޭގައި ބޭއްވޭނީ ކޮންމެ އަހަރަކު ދެ ފަހަރު
  • ހުޅުމާލޭގައިި ނައިޓްމާކެޓް، ބޭއްވޭނީ ދެ ސަރަހައްދެއްގައި އެކަނި
  • ނައިޓްމާކެޓް ބޭއްވޭނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން

ސިމާހާ ނަސީމް
sim_kamana

ކ. މާލެ | 14 ޑިސެންބަރ 2019 | ހޮނިހިރު 22:46 | 5,621

ބޮޑު ޗުއްޓީގައި މާލެސިޓީގައި ނައިޓްމާކެޓް ހިންގަން މާލެސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލާފައިވޭ - ރާއްޖެއެމްވީ

ހުޅުމާލޭގައި ނައިޓްމާކެޓް ބާއްވާ އުޞޫލު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެކުލަވާލާ ޢާންމުކޮށްފިއެވެ.

އެޗްޑީސީ އިން ޢާންމުކުރި އުޞޫލުގައި ބުނެފައިވަނީ ނައިޓްމާކެޓް ހުޅުމާލޭގައި ބޭއްވޭނީ ކޮންމެ އަހަރަކު ދެ ފަހަރު، ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެން ކަމަށެވެ. އަދި މި މުނާސަބަތުތައް ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އުޞޫލުގައި ބުނެފައިވެއެވެ.

ހުޅުމާލޭގައިި ނައިޓްމާކެޓް، ބާއްވާ ޞަރަޙައްދުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ، ސެންޓްރަލް ޕާކާއި ރުއްގަނޑު ސަރަހައްދެވެ. ހުޅުމާލޭގައި ނައިޓްމާކެޓް ބާއްވާ އުޞޫލު އެޗްޑީސީން ކަނޑައަޅާފައިވާއިރު މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މާކެޓް ހިންގުމަށް ހުށައަޅާ ފަރާތަކީ 100 އިންސައްތަ ދިވެހި ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށާއި، އެ ވިޔަފާރިއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގައި ރަޖިސްޓްރީ ކުރި ފަހުން 2 އަހަރުވެފައިވާ ވިޔަފާރިއަކަށްވުން ވެސް ލާޒިމު ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވަނީ "ފެއަރ، ނައިޓު މާކެޓު ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުޞޫލު" އެއް އެކުލަވާލާ ޢާންމުކޮށްފައެވެ.

އެ އުޞޫލުގައި ބުނެފައިވަނީ ނައިޓުމާކެޓުގައި ބައިވެރިވާ ފަރާތްތަކަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ނުވަތަ ޖަމްޢިއްޔާ އަކަށް ވާންޖެހޭނެ ކަމަށެވެ. އެކަން ޔަޤީން ކުރަންޖެހޭނީ ނައިޓުމާކެޓު ބާއްވާ، އިންތިޒާމުކުރާ ފަރާތުން ކަމަށް އެ އުޞޫލުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.