އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ރާއްޖެ - އެމްއާރުއެމް

އަނބިކަނބަލުން ނަސްރީނާ ހިމެނިވަޑައިގަންނަވާ ގޮތަށް މައުމޫނަށް ލަފައާއި މަޝްވަރާ ދެއްވުމަށް ކޮމިޓީއެއް

  • މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވާ މަޝްވަރާ އެރުވުން

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 14 ޑިސެންބަރު 2019 | ހޮނިހިރު 22:30 17,311

އެމްއާރުއެމްގެ އިންތިގާލީ ރައީސަށް ލަފާ ދެއްވުމަށް އެކުލަވާލި ކޮމިޓީގެ މެންބަރުން - ރާއްޖެއެމްވީ

އެމްއާރްއެމް ގެ އިންތިޤާލީ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ ހިމެނިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނަށް ލަފާއެރުއްވުމަށް މަޝްވަރާ ކޮމިޓީ އެކުލަވާލައްވައިފިއެވެ.

އެމްއާރުއެމުން ބުނީ މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވާ މަޝްވަރާ އެރުވުން ކަމަށެވެ.

12 ބޭފުޅުންގެ މައްޗަށް އެކުލެވޭ މި މަޝްވަރާ ކޮމެޓީގައި މައުމޫނުގެ އަނބިކަނބަލުންގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަސްރީނާގެ ބޭބޭފުޅު އައްބާސް އިބްރާހީމާއި، ކުރީގެ ވަޒީރު އުމަރު ޒާހިރު ހިމެނިވަޑައިގެންނެވި އެވެ.

މީގެ އިތުރުން އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލުގެ ވެސް ޕްރިންސިޕަލްކަން ކުރައްވާފައިވާ ވަފާ ވަހީދު އަދި ފުޓްޅަ ކޯޗު އަލީ ސުޒައިން އާއި ފިލްމީ ތަރި ނިއުމާ މުހައްމަދު ވެސް ހިމެނެއެވެ.

އެމްއާރުއެމްގެ އިންތިޤާލީ ރައީސް މައުމޫނަށް ލަފާ އަރުއްވަން އެކުލަވާލެއްވި ކޮމިޓީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށް އެ ޕާޓީން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް