ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
ސޫދާން

ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ސޫދާންގެ ކުރީގެ ރައީސަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް

  • މިދަޢުވާ އުފުލާފައިވަނީ އޭނާގެ ގެއިން 130 މިލިއަން ޑޮލަރު ގެ އެކި ޤައުމުތަކުގެ ފައިސާ ފެނުމުން
  • އުމަރު އަލް ބަޝީރު އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވުމުން އޭނާއަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒު ކުރާނީ އިޞްލާޙީ މަރުކަޒެއްގައި

ކ. މާލެ | 14 ޑިސެންބަރ 2019 | ހޮނިހިރު 19:47 | 5,349

ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު - އަލްޖަޒީރާ

ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދަޢުވާ ސާބިތުވުމުގެ ސަބަބުން އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި އެވެ.

30 އަހަރު ވެރިކަން ކުރައްވާފައިވާ އުމަރު އަލް ބަޝީރު ވެރިކަމުން ދުރުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަނާއި ޤާނޫނާއި ޚިލާފަށް ބޭރު ފައިސާ ގެންގުޅުނުކަމުގެ ދަޢުވާ އެވެ. އުމުރުން 75 އަހަރުގެ އުމަރު އަލް ބަޝީރުގެ މައްޗަށް މިދަޢުވާ އުފުލާފައިވަނީ އޭނާގެ ގެއިން 130 މިލިއަން ޑޮލަރު ގެ އެކި ޤައުމުތަކުގެ ފައިސާ ފެނުމުންނެވެ.

ޝަރީޢަތުގައި އުމަރު އަލް ބަޝީރު ވަނީ ސައުދީ ޕްރިންސް މުޙައްމަދު ބިން ސަލްމާން އަތުން 25 މިލިއަން ޑޮލަރު ލިބިވަޑައިގަންފައިވާ ކަމަށް އިޢުތިރާފު ވެވަޑައިގެންފައެވެ. ނަމަވެސް އެފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންނުކުރާ ކަމަށް ވިދާޅުވެ އޭނާ ވަނީ ދަޢުވާއަށް އިންކާރު ކުރައްވާފަ އެވެ.

އޭނާއަށް ޖަލު ޙުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވެފައިވަނީ އުމަރު އަލް ބަޝީރު އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވުމުން އޭނާއަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒު ކުރާނީ އިޞްލާޙީ މަރުކަޒެއްގައި ކަމެވެ.

އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލާފައިވަނީ ސޫދާނުގައި ކުރިޔަށްދިޔަ ދިގުދެމިގެންދާ މުޒާހަރާ ތަކަކަށްފަހު އެވެ. އެއަށްފަހު އޭނާ ހައްޔަރުކުރުމަށްފަހު ބަހައްޓާފައިވަނީ އޭނާގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމަށްފަހު ބަހައްޓާފައިވާ ކޮބާރު ޖަލުގަ އެވެ.

ކޮރަޕްޝަނުގެ ދަޢުވާ އުމަރު އަލް ބަޝީރުގެ މައްޗަށް ސާބިތުވެފައިވާއިރު އޭނާގެ މައްޗަށް އެހެން ދަޢުވާތަކެއްވެސް ވަނީ އުފުލިފައެވެ. އެގޮތުން 1989 ވަނަ އަހަރު އޭނާ ވެރިކަމަށް އާއިރު އޭރު އޮތް ވެރިކަން ވައްޓާލިގޮތާއި ގުޅޭގޮތުން ސުވާލުކުރުމަށާއި އޭނާގެ ވެރިކަމުގައި އެންމެފަހުން ކުރި މުޒާހަރާތަކާއި ގުޅިގެން މީހުން މަރާފައިވާތީ އެކަމާ ގުޅޭގޮތުން އޭނާއާ ވަނީ މިހަފުތާގައި ސުވާލުކޮށްފަ އެވެ.

މީގެއިތުރުން އުމަރު އަލް ބަޝީރަކީ ދަ ހޭގް ގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށްވެސް ބޭނުންވެފައިވާ މީހެކެވެ. އެއީ ސޫދާންގެ ދާފޫރު ގައި ހިނގާދިޔަ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.