ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 17:52
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫ
އުރީދޫ
އުރީދޫ އިން ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ މި މަހުގެ 16 ގައި
 
އިސްލާހުތައް ފާސްކުރުމަށް ނަގާފައިވާ ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށްފަހު އިސްލާހުތައް ފާސްކުރުން ކުރިއަށްދާނެ
 
މި ޖަލްސާގެ ތެރެއިން އުރީދޫގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހުތައް ހުށަހެޅުން ކުރިއަށްދާނެ
 
މި އާންމު ޖަލްސާ ހޯމަ ދުވަހުގެ ރޭ 08:30 ގައި ހޮޓެލް ޖެންގައި އޮންނާނެ

އުރީދޫ މޯލްޑިވްސް އިން އެކުންފުނީގެ ހިއްސާދާރުންނާއެކު ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އުރީދޫ އިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޚާއްޞަ ގޮތުން ކުރާ މި ޢާންމު ޖަލްސާ ހޯމަ ދުވަހުގެ ރޭ 08:30 ގައި ހޮޓެލް ޖެންގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ރޭ ހޮޓަލް ޖެންގައި 7:30 އިން 8:30 އަށް ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީވުން ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. ރަޖިސްޓަރީވާން އަންނައިރު، ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބެދޭސީއެއް ނަމަ ޕާސްޕޯޓް ގެންނަންޖެހޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މި ޖަލްސާގައި އުރީދޫގެ ޗެއަރމަން، ޑޭމިއަން ޕިލިޕް ޗެޕެލް އަދި އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ޚާން މި ބައްދަލުވުމުގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ ކަަމަށް އުރީދޫ އިން ބުނެއެވެ.

މި ޖަލްސާގެ ތެރެއިން އުރީދޫގެ ޢަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް އިޞްލާޙުތައް ހުށަހެޅުން ކުރިއަށްދާނެ ކަމަށާއި، އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭ ގޮތުން ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ހުށައަޅާފައިވާ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދުގެ އިޞްލާޙުތަކަށް ވޯޓު ދިނުންވެސް ކުރިއަށްދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން އިތުރަށް ބުނީ ހިއްސާދާރުންނާއެކު އެހެނިހެން މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތައް ފާސްކުރުމަށް ނަގާފައިވާ ވޯޓުގެ ނަތީޖާ އިޢުލާނުކުރުމަށްފަހު އިޞްލާޙުތައް ފާސްކުރުން ކުރިއަށްދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް