ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 17:36
ހަސަން ސާއިދު
ހަސަން ސާއިދު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ހަސަން ސާއިދު
ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ ޓާގެޓް އޮލިމްޕިކްސް އަށް!
 
ސާއިދު އެންމެ ފުރަތަމަ ވިދާލީ 2010 ވަނަ އަހަރު ބަންގާޅުގައި އޮތް މުބާރާތަކުން
 
އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓަކީ ސާއިދު
 
ސާއިދު ވަނީ 2015 ވަނަ އަހަރު އައިއޯއައިޖީގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ

ނިމިދިޔަ ސައުތު އޭޝިއަން ގޭމްސްގައި މުޅި ދެކުނު އޭޝިއާ ސިއްސުވާލުމަށްފަހު 100 މީޓަރު ދުވުމުން ހޯދި ރަން މެޑައްޔާއެކު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އަމާޒަކީ އަންނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވުން ކަމަށް އޭނާ ބުނެފިއެވެ.

ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމުން ހޯދި ރަން މެޑައްޔާއެކު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ހަސަން ސާއިދު ބުނީ 2013 ވަނަ އަހަރު ޖެމެއިކާ އިން ޓްރެއިނިންގ ހަދަން ލިބުނު ފުރުސަތަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ތަނަވަސްވި އެންމެ ބޮޑު ފުރުސަތު ކަމަށާއި، ޖެމެއިކާ އަށް ދާން ލިބުނު ފުރުސަތުގައި އަމާޒު ހިފީ ރާއްޖެއަށް މެޑައްޔެއް ހޯދައިދީ ދިވެހިންގެ އުންމީދުތައް ފުއްދައި ދިނުމަށް ކަމަށާއި އޭރު އެއްވެސް ވަރަކަށް ރަން މެޑަލް ނުވަތަ ރިހި މެޑައްޔަށް ވަކިން ޓާގެޓް ނުކުރާ ކަމަށެވެ.

ސާއިދު އެންމެ ފުރަތަމަ ވިދާލީ ބަންގާޅުގައި 2010 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްއިންނެވެ. އެއަހަރުގެ ގޭމްސްގައި ޕާކިސްތާނުގެ ރިލޭ ޓީމު ބަލިކުރުމަށްފަހު ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭރު ރާއްޖޭގެ ރިލޭ ޓީމުން އެންމެ ފާހަގަ ވެގެންދިޔަ އެތުލީޓަކީ ސާއިދެވެ.

ސައުތް އޭޝިއަން ގޭމްސްގެ ތެރެއިން ސާއިދު

ޖެމެއިކާގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުގައި ހޯދި ތަމްރީނު ތަކަށްފަހު 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ސާއިދު ދިޔައީ ރަން މެޑައްޔަށް ޓާގެޓް ކޮށްގެންނެވެ. މުބާރާތުގެ ކުރިން މޯލްޑިވްސް އޮލިމްޕިކްސް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގް ވަނީ އައިއޯއައިޖީގައި ރާއްޖެއިން 10 މެޑަލް ހޯދާނެ ކަމަށާއި، އޭގެ ތެރެއިން ރަން މެޑަލް ހޯދާނެ އެތުލީޓަކީ ސާއިދު ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ކަންވީ ވެސް މަރްޒޫގް ވިދާޅުވި ގޮތަށެވެ. އެއަހަރުގެ އައިއޯއައިޖީގެ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދައި ރާއްޖެއަށް ފުރަތަމަ ފަހަރަށް މަލްޓި ސްޕޯޓްސް އިވެންޓަކުން ރަން މެޑަލް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދިއެވެ.

މިއަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ހޯދި ރަން މެޑައްޔާއެކު ނޫސްވެރިންނާއި ބައްދަލުކޮށް ސާއިދު ބުނީ ކުރިއަށް އޮތް ތަނުގައި އޭނާގެ ޓާގެޓަކީ ކުރިޔަށް އޮތް އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓަށް އޭނާ ވުން ކަމަށާއި އެކަން ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ އެތްލީޓުން ސައުތް އޭޝިއަން ގޭމްސްގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން

ސާއިދު ވަނީ މީގެކުރިން 200 މީޓަރު ދުވުމުން އޭޝިއާގެ 10 ވަނަ ވެސް ހޯދައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ބޮޑު ތަފާތަކާ އެކު ހޯދައި، އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ވެސް ހޯދާފައެވެ. އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ މަގާމު ހޯދައިފައިވާއިރު، 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އޭނާ ވަނީ ރަން މެޑަލް ހޯދާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
25%
0%
0%
ކޮމެންޓް