ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 17:00
ރަޖިސްޓްރަރ އޮފް ކޮމްޕްނީސް މަރިޔަމް ވިސާމް
ރަޖިސްޓްރަރ އޮފް ކޮމްޕްނީސް މަރިޔަމް ވިސާމް
ޓްވިޓަރ
އަމިއްލަފަރުދުންގެ ވިޔަފާރި
32 އަމިއްލަފަރުދުންގެ ވިޔަފާރިއެއް އުވާލައިފި
 
"އިންއެކްޓިވް" ވިޔަފާރިތައް ބާޠިލު ކުރުމުގެ ބާރު ރެޖިސްޓްރަރ އަށް ލިބިގެންވޭ
 
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރައުސުލްމާލާއި މިލްކިއްޔާތު ލިބިގެންވަނީ ވިޔަފާރީގެ ވެރިފަރާތަށް
 
32 ވިޔަފާރިވެސް ބާތިލުކޮށްފައިވަނީ ފާއިތުވި ނޮވެންބަރު މަހު

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން 32 އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް އުވާލައިފިއެވެ.

އެކަމާއި ގުޅޭގޮތުން އަންގާރަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ކުރިއިއުލާނެއްގައި ބުނީ،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 32 ވިޔަފާރިއެއް ބާޠިލުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީން އިޢުލާނުކޮށްފައިވާ 32 ވިޔަފާރިވެސް ބާޠިލުކޮށްފައިވަނީ ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައެވެ.

2014 ވަނަ އަހަރު ތަސްދީޤު ކުރެވުނު އަމިއްލަފަރުދުންގެ ޤާނޫނަކީ އަމިއްލަ ފަރާތްތަކުން ފިޔަފާރީގެ މައިދާނަށް ނުކުމެ، ވިޔަފާރި ހިންގުމަށް މަގުފަހި ކުރުމަށް ތަސްދީޤު ކުރެވުނު ޤާނޫނެކެވެ. އެގޮތުން ކުންފުނިތަކާއި ޚިލާފަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރައުސުލްމާލާއި މިލްކިއްޔާތު ލިބިގެންވަނީ ވިޔަފާރީގެ ވެރިފަރާތަށް އެކަންޏެވެ.

މިނިސްޓްރީން 32 ވިޔަފާރިއެއް ބާޠިލު ކޮށްފައިވާއިރު، ވިޔަފާރި ނުހިންގާ "އިންއެކްޓިވް" ވިޔަފާރިތައް ބާޠިލު ކުރުމުގެ ބާރު ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ލިބިގެންވެއެވެ. އޭގޭ އިތުރުން ވިޔަފާރީގެ ވެރި ފަރާތަށްވެސް މިނިސްޓްރީއަށް ހުށައަޅައިގެން ވިޔަފާރި ބާޠިލު ކުރުމުގެ އިޚުތިޔާރު އޮވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް