ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 13:15
ހއ. އިހަވަންދޫ
ހއ. އިހަވަންދޫ
ފޭސްބުކް
އިހަވަންދޫ
އައު އަހަރަށް ގޯތި ދޫކުރެވޭނެ: އިހަވަންދޫ ކައުންސިލް
 
457 މީހުން ގޯއްޗަށް ވަނީ ކުރިމަތިލާފައި
 
200 ގޯތި ދޫކުރާނެ
 
ގޯތި ދޫކުރަނީ 13 އަހަރު ފަހުން

ހއ. އިހަވަންދޫ ރައްޔިތުންނަށް އައު އަހަރު ހަދިޔާއަކަށް ގޯތި ދޫކުރެވޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ގޯތި ދޫކުރުން ލަސްވުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި، ނަމަވެސް 13 އަހަރު ފަހުން ގޯތި ދޫކުރެވުން އެއީ ލިބޭ ބަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ގޯތި ދޫކުރުން ގިނަ ދުވަސްތަކެއް ފާއިތުވެގެންދިޔައީ ސިޔާސީ އެކިއެކި ސަބަބުތަކާއި، ވަކި ބަޔަކަށް ނާޖާއިޒް މަންފާ ހޯދުމަށް މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.

ރަޝީދު ވިދާޅުވީ ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ ޕޮއިންޓު ދެވުނު ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް ޗެކުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ދާއިމީ ލިސްޓު މިމަހުގެ 15 ހިސާބުގައި އާންމު ކުރެވޭނެ ކަމަށެވެ. އަދި އައު އަހަރުގައި ގޯތި ދޫކުރެވޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ 1600 އަކަފުޓޫގެ 200 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ގޯއްޗަށް އެދި 457 މީހުން ހުށަހަޅާފައިވާ ކަމަށެވެ.

އާ އަހަރަށް ގޯތި ދޫކުރެވޭވަރު މިވަނީ. ދެން އަޅުގަނޑުމެން މަސައްކަތް ކުރަނީ އިންސާފުވެރިކޮށް ހައްގުވެރިންނަށް ގޯތި ދޫކުރަން. ބައެއް ފަރާތްތަކުން ހީކޮށްފާނެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ދިމާކޮށްފައޭ މި ގޯތި މީދުކުރަނީ. އެކަމަކު އެހެނެއް ނޫން. ވަރަށް ދުވަސްވެއްޖެ ގޯތި ދޫ ކުރުމުގެ މަސައްކަތް ކުރަމުންދާތާ
ރަޝީދު- ކައުންސިލްގެ ރައީސް

އިހަވަންދޫއަށް ބިމުގެ ދަތިކަން ފޯރާފައިވާކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ އަންނަ އަހަރު 22 ހެކްޓަރުގެ ބިން ހެއްކޭނެކަމަށް އުންމީދު ކުރާ ކަމަށެވެ. މިބިން ހިއްކުމާއެކު ގިނަ މައްސަލަކަށް ހައްލު ލިބޭނެ ކަމަށާއި، ގެދޮރުގެ ދަތިކަމަށް ވެސް ހައްލު ލިބޭނެ ކަމަށެވެ.

3400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އިހަވަންދޫއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވެ، ކައުންސިލް ހިންގުމަށް ގިނަ ދަތިތައް ކުރިވި ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް