ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 12:48
ސީލިންގުން ވެއްޓިފައިވާ ބައި
ސީލިންގުން ވެއްޓިފައިވާ ބައި
ރާއްޖެއެމްވީ
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ ސީލިންގުން ބައެއް ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެ!
 
ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބޭ
 
ސީލިންގު ބައި ވެއްޓުނީ އެކުއްޖާގެ ބޮލަށް
 
އެއީ ޑޮކްޓަރަށް ދެއްކުމަށް ގޮސް ހުރި ކުއްޖެއް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީލިންގުން ބައެއް ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުށް މީހުން ބުނީ އައިޖީއެމްއެޗްގެ އައިސީޔޫ ކައިރީ ވެއިޓިން ރޫމްގައި ޑޮކްޓަރަށް ދެއްކުމަށް ގޮސް އިން ގާތްގަނޑަކަށް 14 އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސީލިންގުގެ ބައި ވެއްޓިފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް ލިބުނީ ކިހާ ބޮޑު އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، ސީލިންގުން ބައެއް ވެއްޓުނު ދިމާލަށް ވަރަށް ބޮޑަށް ފެންވަދެ ވަނީ ސީލިންގުގެ ޕެނަލްތައް ވަރަށް ބޮޑަށް ފޯވެފައެވެ.

ސީލިންގަށް ވާރޭ ވެހިވެފައި

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ މިހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
0%
50%
33%
0%
0%
ކޮމެންޓް
14 ޑިސެންބަރ 2019 | ހޮނިހިރު 12:51
ޭެރރ
ތީ ގާޒީ ބިންޑިނގެވެސް ފަދަ. ޢަނިޔާއެއް ވީމަ ނުބުނައްޗޭ ދޮންކާފައޭ