ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 10:45
އަބޭ އާއި މޯދީ
އަބޭ އާއި މޯދީ
ގެޓީ އިމޭޖަސް
އިންޑިއާ - ޖަޕާން
މުޒާހަރާތައް ހޫނުވެފައިވާ އައްސާމަށް އަބޭ ކުރައްވާ ދަތުރުފުޅު ކެންސަލް!
 
އެކްސްޗަރނަލް މިނިސްޓްރީން ކޮމެންޓެއް ނުކުރި
 
ގުވަހަޓީގައި މުޒާހަރާތައް ކުރަމުންދާތާ ދެ ދުވަސްވެއްޖެ
 
ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ 15 އިން 17 އަށް

އިންޑިއާގެ ރަށްވެެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއިއެކު އައްސާމު ސްޓޭޓްގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފިއެވެ.

އާދިއްތަ ދުވަހު އަބޭ އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކު ސަމިޓް ބާއްވަން ހަމަޖައްސާފައިވަނީ އައްސާމް ސްޓޭޓްގެ ގުވަހަޓީގައެވެ.

ނަމަވެސް ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއިއެކު އެސަރަހައްދުގައި ކުރަމުންދާ މުޒާހަރާތައް ވަނީ ހޫނުވެފައެވެ. މި މަހުގެ 15 އިން 17 އަށް ބާއްވަން ކުރިން ނިންމާފައިވާ އިންޑިއާ-ޖަޕާނުގެ މަޝްވަރާތަކާއި ސަރުކާރުން ކުރިޔަށްދާނެތޯ ނުވަތަ ނޫންތޯ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރާ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ.

ބޮޑުވަޒީރު މޯދީއާ ޖާޕާނުގެ ބޮޑުވަޒީރާ ދެމެދު ސަމިޓެއް ބާއްވާނެ ކަމަށާއި، ސަމިޓް އޮންނާނީ މިހަފްތާގެ އާދިއްތައިން އަންގާރާއަށް ކަމަށް އެކްސްޓަރނަލް މިނިސްޓްރީން އިއުލާންކުރީ ނިމިގެންދިޔަ ހަފްތާގައެވެ.

ސަމިޓް ބާއްވާނެ ތަނެއް ސަރުކާރުން ހާމަކޮށްފައިނުވިޔަސް، ދެ ގައުމުގެ ބޮޑުވަޒީރުންގެ ބައްދަލުވުން ގުވަހަަޓީގައި ބޭއްވުމުގެ ތައްޔާރިތައް ސަރުކާރުން ދިޔައީ ކުރަމުންނެވެ. އަދި މުޒާހަރާތަކާއި ގުޅިގެން ދެން ސަމިޓް ބާއްވާނެ ތާރީހަކާއި ތަނަކާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް