ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 08:57
މި މުޒާހަރާތަކުގައި ސަތޭކައެއްހާ މީހުން ބައިވެރިވެފައިވޭ
މި މުޒާހަރާތަކުގައި ސަތޭކައެއްހާ މީހުން ބައިވެރިވެފައިވޭ
އަލްޖަޒީރާ
އިނގިރޭސިވިލާތުގެ އާންމު އިންތިހާބު
ބޯރިސްގެ ކާމިޔާބީއާ މެދު ނުރުހުން ފާޅުކޮށް އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަނީ
 
މުޒާހަރާތައް ރޫޅާލުމަށް ފުލުހުންނަށް ވަނީ އަންގާފައި
 
މި މުޒާހަރާތަކުގައި ސަތޭކައެއްހާ މީހުން ބައިވެރިވެފައިވޭ

އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު ބޮޑުވަޒީރު ބޯރިސް ޖޯންސަން ކާމިޔާބު ކުރެއްވުމާއި ގުޅިގެން، އެކަމާއި ނުރުހުން ފާޅުކޮށް، އެގައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި މުޒާހަރާތަކުގައި ސަތޭކައެއްހާ މީހުން ބައިވެރިވެފައިވެއެވެ. "ބޯރިސް ޖޯންސަން، އެއީ މަގޭ ބޮޑު ވަޒީރެއް ނޫން!" މިހެން މުޒާހަރާތަކުގައި ގޮވާލާފައިވާއިރު މި މުޒާހަރާތަކުގެ ސަބަބުން މަގުތަކުގެ ޓްރެފިކްއަށް ހުރަސް އެޅި، ފުލުހުންގެ ގިނަ އޮފިސަރުން އެ ސަރަހައްދަށް ޖަމާވެފައިވެއެވެ.

އަދި މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ބައެއް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު މުޒާހަރާތައް ކުރިއަށް ދާ ލަންޑަނުގެ ސަރުކާރުގެ އިދާރާތައް ހުންނަ މައި މަގު ވަނީ ބަންދުކޮށްފައެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި ކޮންޒަރވޭޓިވް ޕާޓީއިން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް، ޕާލިމަންޓުގެ ސާފު އަގުލަބިއްޔަތެއް ހޯދާފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި، ރާނީ އެލިޒަބަތްވަނީ ސަރުކާރެއް އެކުލަވާލުމަށް ބޯރިސް ޖޯންސަންއަށް ހުއްދަ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް