ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 09:01
ދިވެހި ލީގުގެ ތެރެއިން
ދިވެހި ލީގުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ލީގު
ބޮޑު ބްރޭކް އަކަށްފަހު ގްރީން އަދި މާޒިޔާގެ މެޗުން ލީގު ފަށަނީ!
 
ދިވެހި ލީގު މިއަހަރު ވަނީ ހަތަރު ފަހަރެއްގެ މަތިން މެދު ކަނޑައިލާފަ

މެދުކެނޑުމަކަށްފަހު ގްރީން ސްޓްރީޓް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މެޗުން ދިރާގު ދިވެހި ލީގު ހޯމަ ދުވަހު ފަށާނެއެވެ.

ދެވެހި ލީގު އެންމެ ފަހުން މެދު ކަނޑާލީ ވޯލްޑް ކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން އާއި ސައުތް އޭޝިއަން ގޭމްސް އަށް ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުންނެވެ.

ދެމަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހު، ލީގު އަލުން ފަށާ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ވަރުގަދަ ގްރީން ސްޓްރީޓުންނެވެ. އަދި ހޯމަ ދުވަހުގެ ރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ. އަދި އަންގާރަ ދުވަހު އޮންނާނީ ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ މެޗެވެ.

ލީގު އަލުން ފަށާއިރު މާޒިޔާ އޮތީ ބޮޑު ލީޑެއްގަ އެވެ. ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތީ ފުރަތަމަ 12 މެޗުން ލިބުނު 29 ޕޮއިންޓް އާއި އެކުގައެވެ. ތާވަލުގެ ދެ ވަނައިގައި 21 ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ގްރީން އެވެ. އަދި ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އޮތީ ޓީސީ އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް