ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 09:03
ގާޑިއޯލާ
ގާޑިއޯލާ
ގެޓީ އިމޭޖަސް
ގާޑިއޯލާ
ސިޓީގެ ކޯޗު ކަމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ގާޑިއޯލާ
 
މި ސީޒަނުގައި ސިޓީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެއް

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެޓީމުގެ ކޯޗު ކަމުން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާޑިއޯލާ ބުނެފިއެވެ.

ސިޓީ އާއި އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ކޯޗު ގާޑިއޯލާ ބުނީ އޭނާ ސިޓީގައި ހުރީ ވަރަށް އުފަލުން ކަމަށާއި މިވަގުތު ޓީމު ދަށް ހާލަތެއްގައި އޮތް ކަމަކު ޓީމުގެ މެނޭޖްމަންޓް އިން އޭނާ އަށް އިތުބާރުކުރާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށް ގާޑިއޯލާ ބުންޏެވެ.

ސިޓީ މިވަގުތު އޮތީ އެއްވަނައިގައި އޮތް ލިވަރޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުގައެވެ.

ގާޑިއޯލާ ވަނީ ސިޓީގެ ހާލަތާއި ބެހޭ ގޮތުން މެންޗެސްޓާ ޑާރބީ އަށް ފަހު ވެސް ވާހަކަ ދައްކައިފައެވެ. ޔުނައިޓެޑް މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ލިވަރޕޫލް، ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އާއި ދެކޮޅަށް ރަނގަޅު ނަތީޖާ އެއް މިއަހަރު ސިޓީ އަށް ނުލިބިދާނެ ކަމަށާއި މި ވަގުތު ޓީމު މި އޮތް ހާލަތުން އެކަން ގަބޫލުކޮށް އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުގައި ސިޓީން ވަނީ 2017-18 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމު ވެގެން ގޮސްފައިވަނީ ފުރަތަމަ ފަހަރަށް 100 ޕޮއިންޓް ހަމަކޮށް ލީގު ކާމިޔާބު ކުރި ޓީމަށެވެ. ނަމަވެސް މި ސީޒަނުގައި ސިޓީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ.

ގާޑިއޯލާ ބުނީ މި ސީޒަނުގައި އެޓީމުން ވި ކޮންމެ ބައްޔަކީ ކުޅުންތެރިންނަށް ހެދުނު ގޯސް ތަކުން ވި ބައްޔެއް ކަމަށާއި، އެކަން އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި ލިވަރޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުން އޭނާގެ ޓީމު ތާވަލުގެ ތިންވަނައިގައި އޮތް ކަން ޓީމުގެ މެނޭޖްމެންޓުންވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ވިސްނުން ހުރީ ކުރިޔަށް ހުރި މުބާރާތްތަކުގައި ކުޅެން ޖެހޭ މެޗުތަކަށް ކަމަށާއި މި މެޗުތައް ކާމިޔާބުކުރަން ކުރެވުންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް